މެންދުރު ނުވަނީސް ވެކްސިން ކިޔުއަށް މީހުން ޖަމާވާން ފަށައިފި

ވެކްސިން ކިޔުއަށް މިއަދު މީހުން އަރާ: މިއީ މިހާ އަވަހަށް ކިޔު ހަދަން ފެށި ދުވަސް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ވެކްސިން ކިޔުއަށް މިއަދު މީހުން އަރާ: މިއީ މިހާ އަވަހަށް ކިޔު ހަދަން ފެށި ދުވަސް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް މިހާރުން ފެށިގެން ކިޔު ހަދަން ފަށައިފި އެވެ.

ސޯޝަލް ސެންޓަރު ކައިރީގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ބިދޭސީން ވެކްސިން ކިޔު ހަދާފައިިމިވަނީ ވެކްސިން ކިޔުތައް އިންތިހާއަށް ދިގުވެ، ތޮއްޖެހުމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގަ އެވެ.

ވެކްސިން ޖަހަން ފަށަނީ ކޮންމެ ރެއެއްގެ ވެސް 9:00 ގަ އެވެ. ނަމަވެސް، މިފަހުން ހަވީރު 5:00 ހާއިރު ކިޔުއަށް މީހުން އަރާއިރު، ރޯދަ ވެސް ވީއްލަނީ ކިޔުގައި ތިބެގެންނެވެ.

މިއަދު، 11:30 ވީއިރު މީހުން ކިޔުގައި ޖެހެން ފެށިއިރު، މިއީ މިހާ އަވަހަށް ވެކްސިން ކިޔު ހަދަން ފެށި ދުވަހެވެ.

ރޭ އަދި އޭގެ ކުރީ ރޭ ވެސް ވަނީ ވެކްސިން ކިޔުގައި މީހުން ތިއްބައި، ވެކްސިން ދިނުން ހުއްޓާލާފަ އެވެ. އޭގެ ސަބަބުން، އެ ސަރަހައްދުގައި ހިތްހަމަނުޖެހުންތައް އޮތެވެ. ވެކްސިންގައި ގިނަ ބަޔަކު އެތައް އިރަކު ތިބެން ޖެހުމުގެ ސަބަބުން ގައިދުރުކަން ގެއްލި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ސަމާލު ކަމެއް ނުދެވެ އެވެ.

ވެކްސިން ކިޔުތައް ދިގުވުމުގެ ސަބަބުން، މިހާރު ދެވަނަ ޑޯޒް ދެމުން ދަނީ ހަމައެކަނި މިދިޔަ މަހުގެ ތެރޭގައި ފުރަތަމަ ޑޯޒް ދިން މީހުންނަށް އެކަންޏެވެ.

ވެކްސިން ކިޔުއަށް މިއަދު މީހުން އަރާ: މިއީ މިހާ އަވަހަށް ކިޔު ހަދަން ފެށި ދުވަސް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު
ވެކްސިން ކިޔުއަށް މިއަދު މީހުން އަރާ: މިއީ މިހާ އަވަހަށް ކިޔު ހަދަން ފެށި ދުވަސް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ވެކްސިން ކިޔުއަށް މިއަދު މީހުން އަރާ: މިއީ މިހާ އަވަހަށް ކިޔު ހަދަން ފެށި ދުވަސް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

މީގެކުރިން އޮންލައިންކޮށް ކިޔު ނަންބަރު ދޫކުރި ނަމަވެސް، އެކަން ވެސް ވަނީ ހުއްޓާލާފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނީ އޮންލައިންކޮށް ކިޔު ނަންބަރު ނަގާ މީހުން މަދު ކަމެވެ.

ކިޔު ދިގުވެ، އިންތިޒާމްތައް ބޮންސުންލާފައި އޮތުމުން ގިނަ ފާޑުކިޔުންތަކެއް އެޗްޕީއޭއަށް އަމާޒުވެފައިވާއިރު އެންމެންނަށް ދެވޭ މިންވަރަށް ވެކްސިން ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ގިނަ ބަޔަކު ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ސްޓޮކް މަދުކަން ރޭ ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް، ވެކްސިން ޖަހަން ޖެހޭ އެންމެންނަށް މަދު ނުވާނެ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ.

މާލެ އާއި ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު، މީގެކުރިން މަތިނުވާ މިންވަރަށް މައްޗަށް ގޮސްފައިވާއިރު ބައެއް ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން، ވެހިކަލް ކާފިއު ގަޑިއެއް އިއުލާންކޮށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރަން އަންގާފައިވާއިރު ވެކްސިންގެ ދެ ޑޯޒަށްފަހު ދޭން ނިންމި ދަތުރުކުރުމުގެ ލުއި ވެސް ވަނީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox