ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް

ބިލް ގޭޓްސް އަދި މެލިންޑާ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބިލް ގޭޓްސް އަދި މެލިންޑާ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

"ވަރަށް ގިނަ ވިސްނުންތަކާއި ދެ މީހުންގެ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތައް ކުރުމަށް ފަހު، މި ނިންމީ ކައިވެނި ނިމުމަކަށް ގެންނަން،" އެ ދެ މީހުން ޓްވީޓު ކުރި އެވެ.

އެ މީހުން ބުނީ "ޖޯޑެއްގެ ގޮތުގައި އެކުގައި ކުރިއަށް ނުދެވޭނެކަން" އެނގިފައިވާ ކަމަށެވެ.

އުމުރުން 65 އަހަރުގެ ބިލް އާއި 56 އަހަރުގެ މެލިންޑާ އެންމެ ފުރަތަމަ ދިމާވީ 1987 ގައި ބިލްގެ މައިކްރޯސޮފްޓް ކުންފުނީގެ ވަޒީފާއަކަށް މެލިންޑާ ގުޅުނު ހިސާބުންނެވެ.

މެލިންޑާ މައިކްރޯސޮފްޓާ ގުޅުނީ ޕްރޮޑަކްޓް މެނޭޖަރުގެ ގޮތުގަ އެވެ. އެ މީހުން ކައިވެނި ކުރީ 1994 ގައި ހަވާއީގެ ރަށެއްގަ އެވެ.

އެ ދެ މީހުންގެ ތިން ދަރިން ތިބެ އެވެ. އަދި އެކި ގޮތް ގޮތުން ބޮޑެތި އެހީތައް ފޯރުކޮށްދޭ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ހިންގަނީ އެކުގަ އެވެ.

އެ ޖަމިއްޔާއިން ވަނީ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމާއި ކުޑަކުދިންނަށް ވެކްސިން ދިނުން ފަދަ ކަންކަމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފަ އެވެ.

ބިލިއަނަރުންގެ މުއްސަނދިކަމުގެ ބޮޑު ބައި ހެޔޮ ކަމަކަށް ހޭދަ ކުރަން ބާރު އަޅާ "ގިވިންގް ޕްލެޖް" ގެ ފަހަތުގައި ވަނީ އިންވެސްޓަރު ވޮރެން ބަފެޓްސް އާއެކު ބިލް ގޭޓްސް އެވެ.

ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މުއްސަނދިކަމުގެ އަގު 124 ބިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

އޭނާ ބިލިއަނަރަކަށް ވެފައި ވަނީ 1970 ގެ އަހަރުތަކުގައި އޭނާ އުފެއްދި ސޮފްޓްވެއާ ކުންފުނި މައިކްރޯސޮފްޓުންނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއާ ކުންފުންޏެވެ.

އެ މީހުން ބުނީ ވަރިވި ނަމަވެސް ފައުންޑޭޝަނުގެ މަސައްކަތް އެކުގައި ކުރާނެ ކަމަށެވެ. ބިލް މިދިޔަ އަހަރު ވަނީ މައިކްރޯސޮފްޓުގެ ބޯޑުން ދުރަށް ޖެހިފަ އެވެ. އެއީ އެހީވުމުގެ މަސައްކަތަށް ވަގުތު ހުސްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox