ކޮވިޑް އިތުރު ވާތީ ސްރީ ލަންކާއަށް އެތެރެވުމުގައި ހުރަސްތަކެއް

ސްރީލަންކާގައި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ވޯލްޑް ބޭންކު

ސްރީލަންކާގައި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ވޯލްޑް ބޭންކު

ސްރީލަންކާގެ ކޮވިޑު ފެތުރުން އިތުރުވެފައި ވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް އެއް ފްލައިޓެއްގައި އެތެރެވެވޭނީ ގިނަވެގެން 75 މީހުންނަށް ކަމަށް ކަނޑައަޅައިފި އެވެ.

"އެއް ފްލައިޓެއްގައި އެތެރެ ވެވޭނީ ގިނަވެގެން 75 ޕަސެންޖަރުންނަށް ކަމަށް ވަނީ ކަނޑައަޅާފައި،" ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލަދީ ކޮލޮމްބީ ޕޭޖުން ރިޕޯޓުކުރި އެވެ.

އެ ނިންމުމަށް އަމަލު ކުރާނީ މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަސް ވަންދެނެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ހުރިހާ އެއާލައިނަކަށް އެކަން އަންގާފައިވާ ކަމަށެވެ.

Advertisement

ދެ ހަފުތާ ފާއިތުވުމުން ހާލަތު އޮތް ގޮތަށް ރިއާޔަތްކޮށް އެ ނިންމުން މުރާޖައާ ކުރާނެ އެވެ. ސިވިލް އޭވިއޭޝަނުން ބުނީ ހާލަތު ގޯސް ނަމަ ފިޔަވަޅު ހަރުކަށި ކުރަން ޖެހޭނެ ކަމަށެވެ.

ލަންކާގައި ވެސް ކޮވިޑުގެ ކޭސްތައް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެގޮތުން ފާއިތުތި ހަފްތާގައި ކޮންމެ ދުވަހަކު ވެސް ރިކޯޑް ޕޮޒިޓިވް ކޭސްތައް އައެދެ. އިއްޔެ 1،800 އަށް ވުރެ ގިނަ ކޭސް ފެނުނެވެ.

އާ ވޭރިއެންޓެއްގެ ބިރު

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓެއް ސްރީލަންކާގައި ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން މިދިޔަ ހަފްތާގައި ބުންޏެވެ.

ސްރީ ޖަޔަވަރްދެނަޕޫރާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ ސައިންސަސްގެ ވެރިޔާ ނީލިކާ މަލަވިގޭ ވިދާޅުވީ މި ވޭރިއެންޓު ވައިގެ ތެރޭގައި ގަޑިއެއް ހާއިރު އުޅޭ ކަމަށެވެ.

"ކޮރޯނާވައިރަހުގެ މީ ވޭރިއެންޓަކީ މީގެ ކުރިން ލަންކާއިން ފެނުނު ވޭރިއެންޓުތަކަށް ވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ލަންކާގައި ސިންހަޅަ އާ އަހަރު ފާހަގަކުރުމާ ގުޅިގެން ބާރު ދުވެއްޔެއްގައި ބަލި ފެތުރޭ ކަމަށް ލަންކާ ސަރުކާރުން ގަބޫލުކުރެ އެވެ. އަދި މިހާރު ގިނަ ޒުވާނުންނަށް އަސަރު ކުރާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓާޒް އިދާރާގެ ފަރާތުން އުޕުލް ރޮހާނާ ވިދާޅުވީ މި ވޭރިއެންޓުގެ ސަބަބުން ތިން ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ވައިރަސް ފެތުރިފައި އޮތް ހަގީގީ މިންވަރު ޔަގީންވާނީ ދެ ތިން ހަފްތާ ފަހުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox