ލަންކާ ކޮވިޑް ކޭސްތައް ރިކޯޑު އަދަދަކަށް މަތިިވާން ފަށައިފި

ސްރީލަންކާގެ މިނުވަންގޮޑާގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށް ދާއިރު، އެ ސަރަހައްދު ޑިސްއިންފެކްޓު ކުރަނީ.-- ފޮޓޯ: އޭޕީ

ސްރީލަންކާގެ މިނުވަންގޮޑާގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށް ދާއިރު، އެ ސަރަހައްދު ޑިސްއިންފެކްޓު ކުރަނީ.-- ފޮޓޯ: އޭޕީ

ސްރީ ލަންކާގަައި ކޮވިޑު ކޭސްތައް ފެންނަ މިންވަރު ފާއިތުވި ފަސް ދުވަހު ވެސް ރިކޯޑް މިންވަރަށް އިތުރުވާން ފަށައިފި އެވެ.

އެގޮތުން އޭޕްރިލް 27 އިން ފެށިގެން ކޭސްތައް އުޅެނީ 1000 އިން މަތީގަ އެވެ. އޭޕްރިލް 18 ގެ ކުރިން ދުވާލަކު އެވްރެޖުކޮށް 200 އެއްހާ ކޭސް ފެންނަމުން ދިޔަ ލަންކާގައި އިއްޔެ ވަނީ 1716 ކޭސް ފެނިފަ އެވެ. މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ.

ނަމަވެސް އެ ގައުމުގެ ޕަބްލިކް ހެލްތު އިންސްޕެކްޓާޒް ޔޫނިއަނުން ބުނީ މިހާރު އާއްމު ކުރާ ތަފާސްހިސާބުން ހަގީގަތުގައި ބަލި ފެތުރިފައި އޮތް މިންވަރު ނޭނގޭ ކަމަށެވެ. އެއީ ޕީސީއާރް ޓެސްޓުތަކުގެ ނަތީޖާ ލިބުން ލަސްވާތީ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ޔޫނިއަން ރައީސް އުޕުލް ރޮހާނާ ވިދާޅުވީ މިހާރު އާއްމު ކުރަނީ ހަތަރު ދުވަސް ކުރިން ނަގާފައިވާ ސާމްޕަލުގެ ނަތީޖާ ކަމަށެވެ. ބަލި ފެތުރޭ ހަގީގީ މިންވަރު ހޯދޭނީ ޕީސީއާރް ޓެސްޓުގެ ނަތީޖާ އަވަސްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި ކޭސްތައް އިތުރުވަމުން ދާނީ ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން އެއްވެ އުޅުމާއި ހަފްލާތައް ވަނީ މަނާކޮށްފަ އެވެ.

ކޭސްތައް އިތުރުވާއިރު ލަންކާ ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ސިއްހީ މަސައްކަތްތެރިންނާއި ވަސީލަތްތައް ނެތިދާނެ ކަމުގެ ބިރު އޮތުމެވެ.

ލަންކާގައި މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު 687 މީހުން ވަނީ މަރުވެފަ އެވެ.

އާ ވޭރިއެންޓެއްގެ ބިރު

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓެއް ސްރީލަންކާގައި ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން މިދިޔަ ހަފްތާގައި ބުންޏެވެ.

ސްރީ ޖަޔަވަރްދެނަޕޫރާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ ސައިންސަސްގެ ވެރިޔާ ނީލިކާ މަލަވިގޭ ވިދާޅުވީ މި ވޭރިއެންޓު ވައިގެ ތެރޭގައި ގަޑިއެއް ހާއިރު އުޅޭ ކަމަށެވެ.

"ކޮރޯނާވައިރަހުގެ މީ ވޭރިއެންޓަކީ މީގެ ކުރިން ލަންކާއިން ފެނުނު ވޭރިއެންޓުތަކަށް ވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ލަންކާގައި ސިންހަޅަ އާ އަހަރު ފާހަގަކުރުމާ ގުޅިގެން ބާރު ދުވެއްޔެއްގައި ބަލި ފެތުރޭ ކަމަށް ލަންކާ ސަރުކާރުން ގަބޫލުކުރެ އެވެ. އަދި މިހާރު ގިނަ ޒުވާނުންނަށް އަސަރު ކުރާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓާޒް އިދާރާގެ ފަރާތުން އުޕުލް ރޮހާނާ ވިދާޅުވީ މި ވޭރިއެންޓުގެ ސަބަބުން ތިން ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ވައިރަސް ފެތުރިފައި އޮތް ހަގީގީ މިންވަރު ޔަގީންވާނީ ދެ ތިން ހަފްތާ ފަހުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox