އެސައިންމެންޓު އަމިއްލައަށް ނަހަދާނަމަ ޖޫރިމަނާ ކުރަން ހިމަނައި ބިލު ފާސްކޮށްފި

މާލޭގެ މަގެއްގެ މަތިން ސްކޫލް ކުދިންތަކެއް ހިނގާފައި ދަނީ. -ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ މަގެއްގެ މަތިން ސްކޫލް ކުދިންތަކެއް ހިނގާފައި ދަނީ. -ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަތީ ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުތަކުން ފުރިހަމަ ކުރަން ދޭ މަސައްކަތެއް ދަރިވަރަކު އަމިއްލައަށް ނަހަދައި، އަގުދީގެން ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، މަތީ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ބިލުގައި މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި ދިރާސާ ކުރުމާއި އަދި އެކި ޓްރެއިނިންތައްތައް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

އެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާ ކުރިއިރު ކަމާގުޅޭ ގިނަ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ވަނީ އެ ބިލަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އޭގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު ބަދަލަކީ ދަރިވަރު ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް ލައްވައި ކުރުވުން ނުވަތަ ކޮށްދޭން ހުށަހެޅުން އެއީ ކުށެއް ކަމެއް ހިމެނުމެވެ.

މިގޮތުން، އެ ކުށުގެ އަދަބެއްގެ ގޮތުން 5،000ރ. ގެ ޖޫރިމަނާއެއް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން، އެހެން ދަރިވަރުންގެ އެސައިންމަންޓު ފަދަ މަސައްކަތްތައް ވިޔަފާރި އުސޫލުން އަގު ނަގައިގެން ކޮށްދިނުމަކީ ކުށަކަށް ހަދައި، އެކަމުގެ އަދަބެއްގެ ގޮތުން 10،000ރ. ގެ ޖޫރިމަނާއެއް ކުރަން ބިލުގައި ހިމަނަފައިވެ އެވެ.

އެފަދަ އަމަލުތަކަށް ފާރަވެރިވުމަށް ތައުލީމުދޭ މަރުކަޒުތަކުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވާއިރު، ޖޫރިމަނާގެ އިތުރުން ވެސް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ.

އެ މާއްދާ ހިމެނި ސަބަބެއް ކަމަށް ކޮމިޓީން ބުނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތްތައް އެހެން ފަރާތްތައް މެދުވެރިކޮށް ކުރުވުން އާއްމު ވެފައިވާއިރު، އެކަމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށެވެ.

މަތީ ތައުލީމުގެ ބިލު ކޮމިޓީން ގެނައި ބަދަލުތަކާއެކު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox