ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރަން ކެބިނެޓުން ތާއީދުކޮށްފި

މޫނު ބުރުގާ އަޅައިގެން ހުރި މީހަކު ކޮލޮމްބޯގެ މަގުމަތީގައި.-- ފޮޓޯ: އޭޕީ

މޫނު ބުރުގާ އަޅައިގެން ހުރި މީހަކު ކޮލޮމްބޯގެ މަގުމަތީގައި.-- ފޮޓޯ: އޭޕީ

ސްރީލަންކާގައި މަގު މަތީގައި އުޅޭ އިރު މޫނު ފޮރުވައިގެން އުޅުނު މަނާ ކުރަން ހުށަހެޅި ހުށަހެޅުން ކެބިނެޓުން ފާސްކޮށްފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ ހުށަހެޅުން ހުށަހެޅީ މުސްލިމް އަންހެނުންނަށް މޫނު ބުރުގާ ވެސް ނޭޅޭނެ ކަމަށް ބަޔާންކޮށްފަ އެވެ.

އެކަމަށް ހުއްދަ ދޭން ކެބިނެޓުން ފާސްކުރި އިރު، އދ. އިން ބުނެފައި ވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ކެބިނެޓުން ހުއްދަ ދިނުމާއެކު އެ ހުށަހެޅުން ދެން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހަށެވެ. އެއަށްފަހު ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިގެން ގާނޫނެއްގެ ގޮތުގައި ފާސްކުރަން ޖެހޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރަށް ކަމަށް ވާތީ، މި ހުށަހެޅުން ވަރަށް ފަސޭހަކަމާއެކު ފާސްވެ ގާނޫނަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް 2019 ވަނަ އަހަރު ދިން ހަމަލާތަކުގައި 260 މީހުން މަރުވުމާ ގުޅިގެން ވެސް ވަގުތީ ގޮތުން މޫނު ބުރުގާ އެޅުން މަނާކުރި އެވެ.

އެ ހަމަލާތައްދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފައިގެން މަސައްކަތް ކުރި ލަންކާގެ ދެ މުސްލިމް ގްރޫޕަކުންނެވެ.

މޫނު ބުރުގާ އެޅުން މަނާ ކުރުމަކީ މުސްލިމުންގެ ޝުއޫރުތަކަށް އަސަރު ކުރާނެ ކަމެއްގެ ގޮތުގައި ޕާކިސްތާނުން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިދިޔަ މަހު ސިފަކުރެއްވި އެވެ.

ދީނީ މިނިވަންކަމަށް ކަނޑައަޅާފައިވާ އދ. ގެ ހާއްސަ ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ޝަހީދު ވިދާޅުވީ މޫނު ބުރުގާ މަނާ ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އަދި ދީނީ މިނިވަންކަމަށް ހުރަސްއެޅޭނެ ނިންމުމެއް ކަމަށެވެ.

ލަންކާގެ 22 މިލިއަން މީހުންގެ ނުވަ ޕަސެންޓަކީ މުސްލިމުންނެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓަކީ ބުދިސްޓުންނެވެ. ތަމަޅައިންނާއި، ހިންދޫން ހިމެނޭ ގޮތަށް އެހެން ދީންތަކުގެ 15 ޕަސެންޓު މީހުން ވެސް އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox