އިއްޔެ އެކަނި 386 ކޭސް: މިއީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަސް!

ކޮވިޑް ވެކްސިން ޖަހަން ކިޔޫގައި: ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ އިއްޔެ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް ވެކްސިން ޖަހަން ކިޔޫގައި: ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ އިއްޔެ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން 24 ގަޑިއިރުގެ ތެރޭގައި 386 ކޭސްއާ އެކު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ އިއްޔެ ކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑުގެ ދެ ވަނަ ރާޅާއެކު އެންމެ ހާލަތު ގޯސްވިއިރު ވެސް އެއް ދުވަހުން ޕޮޒިޓިވް އަދަދު މިހާ މައްޗެއް ނުވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 386 މީހުން ޕޮޒިޓިވްވީ ޓެސްޓްކުރި 3،289 ސާމްޕަލްގެ ތެރެއިންނެވެ. މާލެއަށް ވުރެން ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު މި ދުވަސްކޮޅު އިތުރެވެ. މާލެ އިން އިއްޔެ 105 މީހުން ޕޮޒިޓިވްވި އިރު ރަށްރަށުގެ އަދަދު އުޅެނީ 198 ގަ އެވެ.

ރާއްޖޭގައި މި ބަލި ޖެހިފައި ތިބި އަދަދު 4،000 ގައި އުޅޭއިރު 119 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްގަ އެވެ.

ރަށްރަށުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެންމެ ބޮޑަށް ބަލި ފެތުރިފައިވާ އަތޮޅުތަކުގެ ތެރޭގައި އއ، އދ، ބ، ޅ. އަދި ކ. އަތޮޅު ހިމެނެ އެވެ.

އަވަށްޓެރި އިންޑިއާގައި ކޮވިޑު ބާރު މިނުގައި ފެތުރެމުންދާއިރު ރާއްޖެއަށް ނުރައްކާ ބޮޑުވެދާނެތީވެ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރަށްރަށުގައި ޗުއްޓީ ހޭދަނުކުރެވޭ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އެކަމަކު ރިސޯޓްތަކަށް ދިއުމުގައި ހުރަހެއް ނެތެވެ.

ކޮވިޑު ކޭސްތައް ކުއްލިއަކަށް އަތޮޅުތަކުގައި މިހާ މަތިވި ސަބަބެއް އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި ބަލިން އަރައިގަތުމަށް ރާއްޖޭގައި އަންނަނީ ވެކްސިންގެ ދެ ވަނަ ޑޯޒު ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox