ސްރީލަންކާގައި ކޮވިޑުގެ އާ ވޭރިއެންޓެއް ފެތުރެނީ

ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލެއް ނަގާފައި.--

ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލެއް ނަގާފައި.--

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓެއް ސްރީލަންކާގައި ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ސްރީ ޖަޔަވަރްދެނަޕޫރާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ ސައިންސަސްގެ ވެރިޔާ ނީލިކާ މަލަވިގޭ ވިދާޅުވީ މި ވޭރިއެންޓު ވައިގެ ތެރޭގައި ގަޑިއެއް ހާއިރު އުޅޭ ކަމަށެވެ.

"ކޮރޯނާވައިރަހުގެ މީ ވޭރިއެންޓަކީ މީގެ ކުރިން ލަންކާއިން ފެނުނު ވޭރިއެންޓުތަކަށް ވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ލަންކާގައި ސިންހަޅަ އާ އަހަރު ފާހަގަކުރުމާ ގުޅިގެން ބާރު ދުވެއްޔެއްގައި ބަލި ފެތުރޭ ކަމަށް ލަންކާ ސަރުކާރުން ގަބޫލުކުރެ އެވެ. އަދި މިހާރު ގިނަ ޒުވާނުންނަށް އަސަރު ކުރާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓާޒް އިދާރާގެ ފަރާތުން އުޕުލް ރޮހާނާ ވިދާޅުވީ މި ވޭރިއެންޓުގެ ސަބަބުން ތިން ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ވައިރަސް ފެތުރިފައި އޮތް ހަގީގީ މިންވަރު ޔަގީންވާނީ ދެ ތިން ހަފްތާ ފަހުން ކަމަށެވެ.

ލަންކާގައި ކޭސްތައް އިތުރުވަމުން ދާނީ ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން އެއްވެ އުޅުމާއި ހަފްލާތައް ވަނީ މަނާކޮށްފަ އެވެ. މި މަހުގެ މެދު ތެރޭގައި ދުވާލަކު 150 މީހުން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލަކު 600 މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ.

ކޭސްތައް އިތުރުވާއިރު ލަންކާ ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ސިއްހީ މަސައްކަތްތެރިންނާއި ވަސީލަތްތައް ނެތިދާނެ ކަމުގެ ބިރު އޮތުމެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބަށް ބަލާއިރު އެ ގައުމުގައި މިހާތަނަށް 100،586 މީހުން ޕޮޒިޓިވްވެފައި ވާއިރު 642 މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox