ލީގުގެ ރޭހުގައި ކުރިއަށް އެރުމުގެ ފުރުސަތު ބާސެލޯނާ އަށް

Apr 25, 2021, 9:59 PM
ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބިލްބާއޯ (އޭޕްރީލް 26) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ ކުޅުނު މެޗުން 2-1 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވުމުން ލީގުގެ ތިން ވަަނައިގައި މި ވަގުތު އޮތް ބާސެލޯނާ އަށް ލީގުގެ ރޭހުގައި ކުރިއަށް އެރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 33 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ ތިން ވަނައިގައި އޮތް ބާސެލޯނާ އިން ވަނީ 32 މެޗުން 71 ޕޮއިންޓް ހަމަކޮށްފަ އެވެ. ރެއާލް މި ވަގުތު ބާސެލޯނާ އަށް ވުރެ ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ގްރަނާޑާ އަތުން މިރޭ މޮޅުވި ސެވިއްޔާ ހަތަރު ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.

މޮޅަކާ އެކު އަންނަ ހަފްތާގައި ބާސެލޯނާ އިން މެޗު ހަމަކުރާއިރު ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ. ލީގުގެ ރޭހުގައި ދެން އެންމެ ބޮޑު މެޗަކަށް ވާނީ އަންނަ މަހު އެތުލެޓިކޯ އާއި ބާސެލޯނާގެ ކުރިމަތިލުމެވެ.

ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާ އަށް ލީޑު ނަގައިދޭން ފްރެންކީ ޑި ޔޯން ޖެހި ބޯޅަ ވިޔަރެއާލް ކީޕަރު ސާޖިއޯ އަސެންހޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ޝޮޓް ވެސް އަސެންހޯ ވަނީ ހުއްޓުވައިފަ އެވެ. ވިޔަރެއާލަށް ލިބުނު ފުރަތަމަ ފުރުސަތުގައި ސެމިއުލް ޗުކުވޭޒީ ވަނީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ކައިރިން ނައްޓާފައި ގޯލެއް ޖަހައި ވިޔަރެއާލަށް ލީޑުނަގައިދީފަ އެވެ.

އެކަމަކު ވިޔަރެއާލަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓެވެ. ބާސެލޯނާގެ އެންޓޮއިން ގްރީޒްމަން ޖެހި ހިތްގައިމު ގޯލުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭނާ މި ގޯލު ޖެހީ ކީޕަރު އަސެންހޯ ބޯމަތިން އޮއްސާލައިގެންނެވެ. މެޗުގެ 35 ވަނަ މިނިޓްގައި ވިޔަރެއާލްގެ ފަހަތަށް ކުޅޭ ހުއާން ފޮއިތު ހެދި ގޯހެއްގެ ފައިދާނަގައި ގްރީޒްމަން އިތުރު ގޯލެއް ޖަހަައި ބާސެލޯނާ އަށް ލީޑުނަގައިދިނެވެ.

ވިޔަރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 65 ވަނަ މިނިޓްގައި ވިޔަރެއާލްގެ މަނޫ ޓްރިގޭރޯސް ބާސެލޯނާގެ މެސީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ދެއްކުމުންނެވެ.

އެތުލެޓިކޯ ކޮޅަށް އަލެކްސް ބެރެންހުއޭ ޖެހި ގޯލުން މެޗުގެ އަށް ވަނަ މިނިޓްގައި ބިލްބާއޯ އިން ލީޑުނެގި އެވެ. މެޗުގެ 77 ވަނަ މިނިޓްގައި ޔަނިކް ކަރާސްކޯ ދިން ބޯޅަ އަކުން އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ސްޓެފަން ސަވިޗް އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ބިލްބާއޯ މޮޅުކޮށްދިނީ އިނީގޯ މާޓިނޭޒް ޖެހި ގޯލުންނެވެ.

އަނިޔާ އަށް ފަހު އެތުލެޓިކޯގެ ލުއިސް ސުއަރޭޒާއި ޔާއޯ ފެލިކްސް މި މެޗުގައި ކުޅުނު ނަމަވެސް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ދެ ވަަނަ ހާފްގައި ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox