އޮކްސިޖަން ޓޭންކެއް ގޮވާ އިރާގުގައި ކޮވިޑު ބަލީގެ 23 މީހުން މަރުވެއްޖެ

ކޮވިޑް ބަލި މީހުންނަށް ފަރުދާވޭ ހޮސްޕިޓަލުގައި އޮކްސިޖަން ޓޭންކު ގޮވުމުން 23 މީހުން މަރުވި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ބަލި މީހުންނަށް ފަރުދާވޭ ހޮސްޕިޓަލުގައި އޮކްސިޖަން ޓޭންކު ގޮވުމުން 23 މީހުން މަރުވި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިރާގުގެ ވެރިރަށް ބަގުދާދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި އޮކްސިޖަން ޓޭންކެއް ގޮވާ ރޯވި އަލިފާންގަނޑުގެ ސަބަބުން 23 މީހުން މަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިބްން ހުތައިބް ހޮސްޕިޓަލުގައި ހިނގި އެ ހާދިސާގެ ސަބަބުން ގިނަ ބަޔަކު ޒަހަމް ވެސް ވި އެވެ. ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވީ އޮކްސިޖެން ޓޭންކު ގޮވުމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ރޯވެފައިވާ އިމާރަތަކުން ނިކުންނަން މީހުން މަސައްކަތް ކުރާއިރު، އަލިފާން ނިވާ ސިފައިން ހަރަކާތްތެރިވާ މަންޒަރެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ހަދީމީ ވަނީ އެ ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް ގޮވާލައްވާފަ އެވެ.

އިރާގުގެ ސިވިލް ޑިފެންސްގެ ވެރިޔާ މޭޖާ ޖެނެރަލް ހަދީމް ބޯހާން ވިދާޅުވީ އަލިފާން ރޯވީ އައިސީޔޫއަށް ހާއްސަ ފަންގިފިލާގައި ކަމަށެވެ. އެ ތަނުގައި ތިބި 120 މީހުންގެ ތެރެއިން 90 މީހުން ސަލާމަތް ކުރި އެވެ.

އެ ތަނުން ސަލާމަތް ކުރި މީހުން މިހާރު ވަނީ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފަ އެވެ. ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން އިރާގުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ފެބްރުއަރީ މަހުން ފެށިގެން ކޭސްތައް އިތުރުވާން ފަށާފައިވާކަން ތަފާސްހިސާބުން ދައްކަ އެވެ. މިހާތަނަށް ޖުމްލަ 1،025،288 މީހުން އެ ގައުމުން ޕޮޒިޓިވްވެފައި ވާއިރު، 15،217 މީހުން މަރުވެފައި ވެއެވެ.

މިދިޔަ މަހު އިރާގުން ވެކްސިން ޕްރޮގްރާމް ފަށާފައި ވާއިރު، 650،000 ޑޯޒް ލިބިފައިވަނީ އދ. ގެ ކޯވެކް ފެސިލިޓީގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox