އެތުލެޓިކޯ އެއް ވަނަ އަށް، މެސީގެ ދެ ގޯލާ އެކު ބާސެލޯނާ ތިނަކަށް

Apr 22, 2021, 11:14 PM
ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

މެޑްރިޑް (އޭޕްރީލް 22) - ސްޕެނިޝް ލީގުގައި މިރޭ 2-0 އިން ހުއެސްކާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލިއިރު، ލިއޮނަލް މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އިން 5-2 އިން ގެޓަފޭ ބަލިކޮށް ލީގުގެ ތިން ވަނަ އަށް އަރައިފި އެވެ.

ރޭގެ މެޗުތަކަށް ފަހު އެތުލެޓިކޯ އަށް އެއް ވަނަ އަދި ބާސެލޯނާ އަށް ތިން ވަނަ އޮތީ ގެއްލިފަ އެވެ. މިރޭގެ ނަތީޖާތަކަށް ފަހު އެތުލެޓިކޯ އެއް ވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ރެއާލަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އާއި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ބާސެލޯނާ ތިން ވަނައިގައި އޮތީ 31 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ.

އެތުލެޓިކޯ އިން މަސައްކަތްކުރަނީ 2014 ވަނަ އަހަރަށް ފަހު ލީގުގެ ތަށި އުފުލާށެވެ. ލީގުގެ ރޭހުގައި އެތުލެޓިކޯ އަށް އޮތް އެންމެ ހާއްސަ މެޗަކީ އަންނަ މަހު އަށް ވަނަ ދުވަހު ބާސެލޯނާއާ ކުޅޭ މެޗެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގެ ދެ ހާފްގައި އެ ޓީމުން ދެ ގޯލު ޖެހިއިރު، މި ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މާކޯސް ލޮރެންޓޭ އެވެ. އެތުލެޓިކޯ އިން މެޗުގެ 39 ވަނަ މިނިޓްގައި ލީޑުނެގީ އެންހެލް ކޮރޭއާ ޖެހި ގޯލުންނެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި އެތުލެޓިކޯ އަށް ޕޮއިންޓްތައް ކަށަވަރުކޮށްދިން ގޯލު ޖެހީ ޔަނިކް ކަރާސްކޯ އެވެ.

ބާސެލޯނާ އިން މެޗުގެ އަށް ވަނަ މިނިޓްގައި މެސީ ވައްދާލި ގޯލުން ލީޑުނެގި ނަމަވެސް މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމުގެ ކްލެމެންޓް ލޯންގްލޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ގެޓަފޭ އިން އެއްވަރުކުރި އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ބާސެލޯނާ އިން އަލުން ލީޑުނެގީ ގެޓަފޭގެ ސޯފިއަން ޗަކްލާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ ފަސް މިނިޓް ފަހުން މެސީ ވަނީ އިތުރު ގޯލެއް ޖަހައި ބާސެލޯނާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ގެޓަފޭ އިން ވަނީ އެނެސް އުނިއާލްގެ ޕެނަލްޓީން އުއްމީދެއް ހޯދައިފަ އެވެ. އެކަމަކު މެޗުގެ ފަހު ކޮޅުގައި މެސީ ތަނަވަސްކޮށްދިން ބޯޅައަކުން ރޮނާލްޑް އަރައުހޯ ގޯލެއް ޖެހިއިރު، އިތުރު ވަގުތުގައި އެންޓޮއިން ގްރީޒްމަން ވަނީ ޕެނަލްޓީ އަކުން ބާސެލޯނާގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. ގްރީޒްމަން އެ ޕެނަލްޓީ ޖަހަން ދިނީ މެސީ އެވެ. މެސީ އަށް އެ ޕެނަލްޓީ ކާމިޔާބުކޮށް ހެޓްރިކެއް ހެދުމުގެ ފުރުސަތު އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox