ދެ ވެކްސިން ޖެހި މީހާ ބުނަނީ ހާލު ރަނގަޅު ނޫން ކަމަށް

ކޮވިޝީލްޑް ވެކްސިން ޖަހަނީ: އެ މީހާ ގަޔަށް ފުރަތަމަ ޑޯޒް ޖެހީ ހުޅުމާލެ ހޮސްޕިޓަލުން، ދެވަނަ ޑޯޒް ޖެހީ އެއާޕޯޓުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޝީލްޑް ވެކްސިން ޖަހަނީ: އެ މީހާ ގަޔަށް ފުރަތަމަ ޑޯޒް ޖެހީ ހުޅުމާލެ ހޮސްޕިޓަލުން، ދެވަނަ ޑޯޒް ޖެހީ އެއާޕޯޓުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒަކަށް ކޮވިޝީލްޑް ވެކްސިން ޖެހި މީހާގެ ހާލު ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުނި ވާހަކަތައް ދޮގުކޮށް، އޭނާގެ ހާލު ގޯސް ކަމަށް އެ މީހާ ބުނެފި އެވެ.

އެއާޕޯޓުގައި މަސައްކަތްކުރާ އަބްދުލް މަތީނު "އަދަދު"އަށް ބުނި ގޮތުގައި، އޭނާ ފުރަތަމަ ވެކްސިން ޑޯޒް ޖެހީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެއަށް ފަހު ދެވަނަ ޑޯޒް ޖަހަން އޭނާ ދިޔައީ އެއާޕޯޓަށެވެ. މަތީނު ބުނާ ގޮތުން ގޯސް ހަދާފައި ވަނީ އެތަނުގައި ވެކްސިން ޖަހަން ތިބި މީހުންނެވެ.

މަތީންގެ ވެކްސިން ކާޑު: ގައިގައި ރިއްސާފައި ގަދަޔަށް ހުން އައިސްފައި ހުރި ކަމަށް އޭނާ ބުނި
މަތީންގެ ވެކްސިން ކާޑު: ގައިގައި ރިއްސާފައި ގަދަޔަށް ހުން އައިސްފައި ހުރި ކަމަށް އޭނާ ބުނި

މަތީންގެ ވެކްސިން ކާޑު: ގައިގައި ރިއްސާފައި ގަދަޔަށް ހުން އައިސްފައި ހުރި ކަމަށް އޭނާ ބުނި

އެނގުމުން އަޅާނުލާ ހުއްޓާ، ދަންވަރު ލޯ މައްޗަށް އަނދިރިވީ

މަތީނު ބުނި ގޮތުގައި އޭނާ އެއާޕޯޓަށް ދެވަނަ ޑޯޒް ޖަހަން ދިޔައީ އެއާޕޯޓު ފާސް އޮންނަ މީހުންނަށް އެތަނުން ވެކްސިން ޖެހޭ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައި އޮތުމުންނެވެ.

އެއާޕޯޓަށް ދިޔުމަށް ފަހު ތަފާތު ހަތަރު ކައުންޓަރެއް ކައިރިއަށް ގޮސް، ހަތަރު މީހަކަށް އައިޑީ ކާޑު ދެއްކި ކަމަށް ބުންޏެވެ.

"އެތާ އިން ކުއްޖާ ކާޑު ބަލާފައި އިތުރު ފޯމެއް ފުރި. އެހެން ފޯމުތަކެއް. އެވަރު ބަލާފައި އަޅުގަނޑަށް މިކަންތައް ކޮށްފައި މި އޮންނަނީ" މަތީނު ބުންޏެވެ.

މަތީންގެ ގަޔަށް ޖެހީ ދެ ވައްތަރެއްގެ ވެކްސިނެއްކަން އޭނާއަށް އެނގުނީ ގެޔަށް އައިސް ވެކްސިން ކާޑު ބެލި ފަހުން ކަމަށް އޭނާ ބުނެ އެވެ.

"އެ ހިސާބުން އެކުވެރިއަކާ އެ މައުލޫމާތު ހިއްސާ ކުރުމުން، އެއީ ގޯހެއް ކަމަށް ބުނި. ނަމަވެސް، އޭރު މާބޮޑު ކަމެއް ނުވާތީ އަޅާނުލާ ހުރީ،" މަތީނު ކިޔައިދިނެވެ.

"އެހެން ހުއްޓައި 2:30 [މެންދަމު] ހާއިރު ފާޑަކަށް މޫނުމައްޗަށް އަނދިރި ވާން ފެށީ. އަޅުުގަނޑު ފާހަނާ ތެރޭ ހުއްޓާ ކިރިޔާ ނުވެއްޓުނީ ވެސް. ދެން މަޑުމަޑުން ފާހަނާއިން ނުކުމެގެން އައިސް އެނދުމަތީގައި އޮށޯތީ."

ގަދަޔަށް ހުން އައި، އެކަމަކު ހޮސްޕިޓަަލަކަށް ނުދޭ

މަތީނު ބުނީ އޭނާގެ ހެޔަށް ގޮތް ވާން ފެށުމުން ނުނިދުނު ކަމަށާއި ކުރީކޮޅު ގައިގައި ރިއްސާފައި ދެން ގަދައަށް ހުން އައީ ކަމަށް ބުންޏެވެ.

"މިހާރު ވެސް ތުރުތުރު އަޅާ ހުންނަނީ،" މަތީނު ބުންޏެވެ.

އެކަމަކު އޭނާ ހޮސްޕިޓަަލަކަށް ދާކަށް ބޭނުމެއް ނުވެ އެވެ.

"އަޅުގަނޑަށް ވާނުވާ ނޭނގޭތީ އަޅުގަނޑު ރައްޓެހިން ކައިރީ ބުނެގެން މިިއުޅެނީ" މަތީން ބުންޏެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު "ވަރަށް ގާތުން ބަލަމުންދާ" ކަމަށް ބުންޏެވެ. ނަމަވެސް، މަތީނު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އަދި ބުނީ، ހެނދުނު ގުޅާފައި އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުނި ކަމަށާއި، ހާލު ބަލަން ގަޑި އިރަކު އެއް ފަހަރު ގުޅާނެ ކަމަށް ބުނި ނަމަވެސް، އޭގެ ފަހުން ނުގުޅާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox