އީސްޓާ ހަމަލާގެ ތަހުގީގު ލަންކާ ސަރުކާރުން ލަސްކުރާ ކަމަށް ތުހުމަތުކޮށްފި

ނަސާރާއިން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް މީގެ ދެ އަހަރު ކުރިން ލަންކާގައި ހަމަލާ އަމާޒުވި ފައްޅިއެއް.-- ފޮޓޯ: އޭއެފްޕީ

ނަސާރާއިން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް މީގެ ދެ އަހަރު ކުރިން ލަންކާގައި ހަމަލާ އަމާޒުވި ފައްޅިއެއް.-- ފޮޓޯ: އޭއެފްޕީ

ނަސާރާއިން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް މީގެ ދެ އަހަރު ކުރިން ސްރީ ލަންކާގައި ދިން 279 މީހުން މަރުވި ބޮމުގެ ހަމަލާތަކުގެ ތަހުގީގު ސަރުކާރުން ލަސްކުރާ ކަމަށް އެ ގައުމުގެ ރޯމަން ކެތޮލިކް ފައްޅީގެ ވެރިޔާ ތުހުމަތު ކުރައްވައިފި އެވެ.

ހޮޓަލްތަކާއި ފައްޅިތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝައްކު ކުރެވޭ 200 އެއްހާ މީހުން ހައްޔަރު ކުރި އެވެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް މީހަކާ ދެކޮޅަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާތަކަށް ދެ އަހަރު ފުރުމާ ދިމާކޮށް ކޮލޮމްބޯ ކާޑިނަލްގެ އާޗްބިޝިޕް މެލްކަމް ރަންޖީތު ވިދާޅުވީ ތަހުގީގު ލަސްވާތީ ދެރަވާ ކަމަށެވެ. އަދި ސަރުކާރުން ތަހުގީގަށް އަޅާލުމެއް ނުދޭ ކަމަށާއި ރަނގަޅަށް ތަހުގީގު ނުވެސް ކުރާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ތަހުގީގު ކުރިއަށް ނުދަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް ރަންޖީތު ވަނީ މި މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ހަމަލާގެ އިންޒާރު ލިބުމުން ވެސް ފިޔަވަޅު އަޅުއްވާފައި ނުވާތީ ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާއަށް ދައުވާ ކުރުމަށް ގޮވާލެއްވި އެވެ.

ހަމަލާތަކަށް ފަހު ސިރިސޭނާ އަމުރު ކުރައްވައިގެން ފެށި ތަހުގީގަކުން އެނގިފައިވާ ގޮތުގައި ހަމަލާ ދިނުމުގެ 17 ދުވަސް ކުރިން އިންޑިއާ ސަރުކާރުން ވަނީ ލަންކާ ސަރުކާރަށް ހަމަލާއާ ގުޅޭ ސިއްރު ޖާސޫސީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ނަމަވެސް ލަންކާ ސަރުކާރު އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއްވެސް ކަމެއް ނުކުރެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު އިންތިހާބުގައި ވާދަކުރެއްވުމުގެ ބަދަލުގައި ސިރިސޭނާއަކީ މިހާރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ޕާޓީ ތަމްސީލް ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި 200 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވި ނުވި ނަމަވެސް، އޭގެ ތެރެއިން 16 މުސްލިމުންނާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ވަނީ ދައުވާ އުފުލާފަ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ދައުވާ ކުރީ ޑިސެމްބަރު 2018 ގައި ބުދުތަކަކަށް ހަމަލާ ދިން ކަމަށެވެ.

ލަންކާގެ ފުލުހުން ބުނީ ބުދުތަކަށް ހަމަލާ ދިން ހާދިސާއަކީ އީސްޓާ ސަންޑޭ ހަމަލާ ފެށުނު ހިސާބު ކަމަށެވެ. އީސްޓާ ސަންޑޭ ހަމަލާ ދީފައި ވަނީ ބުދުތަކަށް ހަމަލާދިންތާ ހަތަރު މަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox