ހަނގުރާމަވެރިންނާ ހިނގި ކުރިމަތިލުކަމަށް ފަހު ޗެޑްގެ ރައީސް އަވަހާރަވެއްޖެ

ޗެޑްގެ ރައީސް އިދްރީސް ދެބީ. އެމަނިކުފާނު ވަނީ 30 އަހަރު ވެރިކަން ކުރައްވާފައި.-- ފޮޓޯ: ރޮއިޓާޒް

ޗެޑްގެ ރައީސް އިދްރީސް ދެބީ. އެމަނިކުފާނު ވަނީ 30 އަހަރު ވެރިކަން ކުރައްވާފައި.-- ފޮޓޯ: ރޮއިޓާޒް

އެފްރިކާގެ ގައުމެއް ކަމަށްވާ ޗެޑްގެ ރައީސް އިދްރީސް ދެބީއަށް ހަނގުރާމައިގައި ލިބުނު ޒަހަމްތަކުގައި އަވަހާރަވެއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ގައުމުގެ އުތުރުގައި ހަނގުރާމަ ކުރާ ސަރަހައްދަށް އެމަނިކުފާނު ދިޔެއީ ހަނގުރާމައިގެ ކުރީ ސަފުގައި އުޅޭ ސިފައިިންނާ ބައްދަލު ކުރާށެވެ.

ނަމަވެސް ފްރަންޓް ފޯ ޗޭންޖް އެންޑް ކޮންކޯޑް އިން ޗެޑް ގްރޫޕުން ދިން ކުއްލި ހަމަލާއަކާ ދެކޮޅަށް އެމަނިކުފާނު ރައްދު ދެމުން ދަނިކޮށް އަވަހާރަވީ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އުފެދުނު މި ގްރޫޕުގެ މެމްބަރުންނަކީ ސަރުކާރާ މެދު ހިތްހަމަނުޖެހޭ ކުރީގެ ސިފައިންނެވެ.

އަވަހާރަވިކަން އިއުލާނު ކުރީ އެންމެ ފަހުން ބޭއްވި އިންތިހާބުން ކާމިޔާބި ހޯއްދެވިތާ އެއް ދުވަހު ފަހުންނެވެ. މިއީ ދެބީ ރައީސްކަމަށް ވާދަކުރައްވާ ކާމިޔާބު ކުރެއްވި ހަ ވަނަ ފަހަރެވެ.

އެމަނިކުފާނު އަވަހާރަވުމާއެކު ސަރުކާރާއި މަޖިލިސް ވަނީ އުވާލަފަ އެވެ. ކާފިއު އިއުލާނުކޮށް، ގައުމުގެ ބޯޑަރުތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އުމުރުން 68 އަހަރުގައި އަވަހާރަވި ދެބީ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފަ އެވެ. އަސްކަރީ ތަމްރީނު ހޯއްދަވާފައިވާ ދެބީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ ބަގާވާތަކުންނެވެ.

ދެބީގެ ޖަނާޒާ އޮންނާނީ ހުކުރު ދުވަހު އެވެ.

އެމަނިކުފާނު އަވަހާރަވުމުން ކުރިއަށް އޮތް 18 މަސް ވެރިކަން ކުރައްވާނީ އުމުރުން 37 އަހަރުގެ ދަރިކަލުން މަހަމަތު އިދްރީސް ދެބީ އިތްނޯ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ 18 މަސް ފާއިތުވުމުން މިނިވަން އިންތިހާބެއް އޮންނާނެ ކަމަށެވެ. އަސްކަރީ އިސް އޮފިޝަލެއްގެ ގޮތުގައި އުޅުއްވާ މަހަމަތު ވަނީ ވެރިކަން ކުރާނެ ސަރުކާރަށް އިތުރު 14 އަސްކަރީ ޖެނެރަލުން ކަނޑައަޅުއްވާފަ އެވެ.

ދެބީގެ ދަރިކަލުން ވެރިކަން ކުރެއްވުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ގައުމުގެ ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަވަހާރަވުމުން ވެރިކަމުގެ ބާރުތައް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox