އިކްރާމަށް ތުހުމަތުކުރި ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ހެއްކެއް ނެތް

މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އެތަނުގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް: އޭނާ އަށް ތުހުމަތުކުރި ފުރައްސާރައިގެ މައްސަލަ ފުލުހުން ވަނީ ފައިލްކޮށްފައި. -- ފޮޓޯ / މަޖިލިސް

މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އެތަނުގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް: އޭނާ އަށް ތުހުމަތުކުރި ފުރައްސާރައިގެ މައްސަލަ ފުލުހުން ވަނީ ފައިލްކޮށްފައި. -- ފޮޓޯ / މަޖިލިސް

މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފަކަށް އެތަނުގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހެއްކެއް ނެތް ކަމަށް ނިންމައި މައްސަލަ މި ހަފުތާގައި ފައިލްކޮށްފި އެވެ.

ޖިންސީ ފުރައްސާރައިގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާ އެކު މަގާމުން އިސްތިއުފާ ދެއްވި އިކްރާމްގެ މައްސަލަ ފުލުސް އޮފީހާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އެވެ.

ފުރައްސާރައިގެ މައްސަލަ ތަހުގީގުކޮށް ބެލިއިރު ކުށުގެ އަމަލެއް ހިނގާފައިވާ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ފުލުހުން މި މައްސަލަ ތަހުގީގުކޮށް ނިމުނު ގޮތުގެ ލިއުމުގައި ވެ އެވެ. އެހެންވެ މައްސަލަ ފައިލް ވެސް ކޮށްފި އެެވެ.

އިކްރާމާ ދެކޮޅަށް މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު ބުނެފައި ވަނީ އޭނާ އަށް ފޮށިހަދާވަރުން އެތަނުގައި މަސައްކަތް ކުރަން ވެސް އުނދަގޫވި ކަމަށެވެ. އަންހެން މުވައްޒަފަށް އޭނާ ފޮނުވި މެސެޖްތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވެސް ވެ އެވެ. އެ ޗެޓު ލޮގު ފުލުހުންގެ ތަހުގީގަށް އަންހެން މުވައްޒަފު ދިނެވެ.

އިކްރާމް ކުރިން ވިދާޅުވެފައި ވަނީ ޗެޓް ލޮގަކާ އެކު އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅި ނަމަވެސް ފުރައްސާރައިގެ މެސެޖެއް ނުކުރައްވާ ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިން އިކްރާމް ސަލާމަތްވި ނަމަވެސް އޭނާއާ އަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އެއީ، ކޮވިޑް ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގަވާފައިވާ ކަމުގެ ތުހުމަތެކެވެ. އިކްރާމްގެ އަތެއް އޮވެ، އޮކްސިޖަން ސިލިންޑަރުތައް ގަންނަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ސިންގަޕޫރުގެ ޕްރޯ ބިޒް ކުންފުންޏާ ކަމަށް އެސްއޯއީގެ ރިޕޯޓުގައިވެ އެވެ.

އެ ކުންފުނީގެ ޚަރަދުގައި ސިންގަޕޫރަށް ދަތުރެއް ކުރެއްވި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ. އެކަމަކު އެއީ ސިޔާސީ ގޮތުން އަބުރު ކަތިލުމުގެ ތުހުމަތެއް ކަމަށް ވިދާޅުވެ އިކްރާމް ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox