މޫސުމަށް އަންނަ ބަދަލު ކުޑަ ކުރަން ވަގުތު ދަނީ ކުޑަތަންވަމުން: އދ

ދުނިޔެ ހޫނުވުމަށް މަގުފަހިކޮށްދޭ ވިހަ ގޭސް ބޭރު ކުރަނީ. ދެހާސް ވިހި ވަނަ އަހަރަކީ މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނު ގަދަ އެއް އަހަރު.-- ފޮޓޯ: ހެލްތް ޔޫރޮޕާ

ދުނިޔެ ހޫނުވުމަށް މަގުފަހިކޮށްދޭ ވިހަ ގޭސް ބޭރު ކުރަނީ. ދެހާސް ވިހި ވަނަ އަހަރަކީ މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނު ގަދަ އެއް އަހަރު.-- ފޮޓޯ: ހެލްތް ޔޫރޮޕާ

މޫސުމަށް އަންނަ ބަދަލު ކުޑަ ކުރަން ވަގުތު ކުޑަތަން ވަމުންދާ ކަމަށް އދ. ގެ ވޯލްޑް މީޓިއޮރޮލިޖަކް އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓުގައި އިންޒާރުކޮށްފި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ އެ ރިޕޯޓުގައި ބުނީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން މޫސުމީ ބަދަލު ކުޑަ ކުރުމުގެ މަސައްކަތަށް އަސަރުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ 2021 ވަނަ އަހަރު ވާން ޖެހޭނީ ކަންކަން ކުރުމުގެ އަހަރަކަށް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން މީހުން ރައްކާތެރި ކުރަން ޖެހޭނެ ކަމަށެވެ.

މޫސުމާ ބެހޭ ޖަމިއްޔާގެ ރިޕޯޓު ނެރެފައި ވާއިރު، އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު މޫސުމާ ބެހޭ ބޮޑު ބައްދަލުވުމެއް ދުނިޔޭގެ ލީޑަރުންގެ މެދުގައި ވާޗުއަލްކޮށް ކުރިއަށް ދާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިސް ނެންގެވުމުގެ މަތިން 40 ގައުމެއްގެ އެންމެ އިސް ވެރިން އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ކުރެވޭނެ ކަންކަމާ ގުޅޭ މަޝްވަރާ ކުރާނެ އެވެ.

"އަޅުގަނޑުމެން މި ތިބީ ވަޅުގަނޑަކަށް ވެއްޓުމުގެ ތުންފަތް މަތީގައި،" މޫސުމާ ބެހޭ ޖަމިއްޔާގެ "ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް" ރިޕޯޓު ނެރެދެއްވަމުން އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވި އެވެ.

އެ ރިޕޯޓުގެ ހޯދުންތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރަކީ މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނު އެއް އަހަރެވެ. މީގެ ކުރިން އެ މިންވަރަށް ހޫނުވެފައި ވަނީ 2016 އަދި 2019 ގައެވެ.

ދުނިޔެ ހޫނު ކުރަން މަގުފަހިކޮށްދޭ ވިހަ ގޭސްތައް ކަމަށްވާ ކާބަންޑައި އޮކްސައިޑް، މީތޭން އަދި ނައިޓްރަސް އޮކްސައިޑް ދަނީ އަދިވެސް އިތުރުވަމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ވަގުތީ ގޮތުން ގޭސް ބޭރު ކުރުމަށް ހުއްޓުމެއް އަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox