ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީސް ފާޅާލައި އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އާރުޑީސީ އޮފީހުން ވައްކަން ކުރި މައްސަލައެއް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އަދި ބުނެފައިނުވާއިރު، އިތުރު ތަފްސީލެއް ވެސް ހިއްސާނުކުރެ އެވެ.
ރޯދަ މަހު އާއްމުކޮށް ވައްކަމުގެ މައްސަލަތައް އިތުުރުވެ އެވެ.

މި ހިނގާ ރޯދަ މަހު ވެސް ބާރުބޮޑުވާ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރަން ހާއްސަ އިންތިޒާމުތަކެއް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.
ނަމަވެސް، ކުށްކުރުން މަދުކުރުމަށް އަމާޒުކޮށްގެން ވަކި ހާއްސަ ފިޔަވަޅުތަކެއް އެޅި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.













