މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރޭޕްކުރީ ގަދަކަމުން ގެއަކަށް ވައްދަ އެވެ. މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނިގޮތުގައި މިކަން ރިޕޯޓްކޮށްފައި ވަނީ ވެސް ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި މައްސަލައެއްގެ ގޮތުގަ އެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް، ޝަރީއަތަށް ފޮނުވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.











