ގައުމުގެ މިނިވަންކަމަށްޓަކައި ވޯޓު ދޭން އެދެމުން އިދިކޮޅު ކެމްޕޭން ނިންމާލައިފި

އިދިކޮޅު ކެމްޕޭނު ނިންމަން ބޭއްވި ޖަލްސާގައި ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިދިކޮޅު ކެމްޕޭނު ނިންމަން ބޭއްވި ޖަލްސާގައި ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ ގައުމުގެ މިނިވަންކަން ގެއްލުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވަން ރައްޔިތުންނަށް ލިބޭ ފަހު ފުރުސަތު ކަމަށާއި، ގައުމު އަނބުރާ ހޯދުމަށްޓަކައި، ގައުމީ ވިސްނުމުގައި ވޯޓު ދިނުމަށް އެދެމުން، އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ނިންމާލައިފި އެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެމްޕޭނު ނިންމާލުމަށް ޕާޓީ އޮފީސް ކުރިމަތީގައި ބޭއްވި ހަރަކާތުގައި އެ ކޯލިޝަންގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ރައްޔިތުންނަށް ގިނަ އިލްތިމާސްތަކެއް ކުރައްވައިފަ އެވެ.

އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް 2013 ގެ ރިޔާސީ އިންތިހާބު ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާދަމާ އޮންނަ އިންތިހާބަކީ ގައުމުގެ ގިނަ ކަންތައްތަކެއް ތަރުތީބުވެގެންދާނެ ވޯޓެއް ކަމަށެވެ.

Advertisement

"ކީއްވެގެންތޯ މިއިންތިހާބު މުހިއްމުވަނީ؟ އަމާޒުތައް ހާސިލު ކުރުމަށްޓަކައި. އިސްލާމް ދީންގެ މަތިވެރި އުސޫލުތައް ހިމާޔަތް ކުރަން. މި އިންތިހާބުގެ އަގުލަބިއްޔަތު ލިބުމުގެ މާނައަކީ ކުރިމަގު އުޖާލާވުން. މި އިންތިހާބު ކާމިޔާބު ކުރުމަކީ ރައީސް ޔާމީން މިނިވަންކުރަން ލިބޭ ހިތްވަރެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ރައްޔިތުން ނުކުމެލާ ވޯޓަކީ ގައުމީ ވޯޓެއް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވަކި ޕާޓީއަކަށް ބެލުމެއްނެތި، ހަމަ ހަމަކަމާއެކު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިދިކޮޅުގެ ކެމްޕޭނު ނިންމުމުގެ ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
އިދިކޮޅުގެ ކެމްޕޭނު ނިންމުމުގެ ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިދިކޮޅުގެ ކެމްޕޭނު ނިންމުމުގެ ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

"ތަފާތު ކުރުމެއްނެތި ހަމަހަމަކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެހެންވީމާ، ޕާޓީގެ ފިކުރު ދޫކޮށް، ގައުމީ ވިސްނުމުގައި ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވާ،" މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އެ ހަރަކާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ވެސް ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީއަށް ނޫނެކޭ ބުނެ، އިދިކޮޅަށް މެޖޯރިޓީ ދިނުމަކީ ރައީސް ޔާމީން މިނިވަންކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ކީއްވެގެންތޯ ރައީސް ޔާމީން މިނިވަންކުރަންވީ؟ މި ގައުމު ސަލާމަތް ކުރުމަށްޓަކައި. މި ގައުމު އަނބުރާ ހޯދުމަށްޓަކައި. މި ސަރުކާރުން ސޮއި ކުރަމުންދާ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމަށްޓަކައި،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތަކީ ބޭރުގެ ނުފޫޒަށް ބޯލެނބުމެއް ނެތި ގައުމު ތަރައްގީކޮށް، ހިންގުން ކަމަށެވެ.

"ވޯޓު ކަރުދާސް އަތަށް ލިބުނީމާ އޭގައި އިން ނަމަކަށް ބަލާނެ ކަމެއް ނެތް އެއްވެސް ބޭފުޅަކު. ބަލަންވީ ކޮން ދިމާއެއްގައިތޯ ރުކެއް އިނީ. ގައުމުގެ މިނިވަންކަން ހިމާޔަތްކުރަން ރުކައް ވޯޓު ދެއްވާ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށްޓަކައި ރައީސް ޔާމީންގެ ނަންފުޅު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އެއީ ގައުމު ސަލާމަތްކޮށް، އިގުތިސޯދު އަލުން ކޮޅަށް ޖެހޭނީ ރައީސް ޔާމީނަށް ކަމަށާއި އެހެންކަމުން މާދަމާ އޮންނަ އިންތިހާބުގައި އެމްޑީޕީ ބަލި ކުރުމަކީ އެކަމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox