ޕާޓީ ފިކުރަށް ނުބަލައި، ގައުމުގެ މުސްތަގުބަލަށް ވޯޓު ދޭން މުއިއްޒު އެދިވަޑައިގެންފި

އިދިކޮޅު ކެމްޕޭނު ނިންމަން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިދިކޮޅު ކެމްޕޭނު ނިންމަން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕާޓީ ފިކުރަށް ނުބަލައި، ގައުމުގެ މުސްތަގުބަލަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އިދިކޮޅުގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެމްޕޭނު ނިންމާލުމަށް ޕާޓީ އޮފީސް ކުރިމަތީގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު ބޮއްސުންލާފައިވާއިރު، މާދަމާ ރައްޔިތުން ނުކުމެލާ ވޯޓަކީ ގައުމީ ވޯޓެއް ކަމަށެވެ.

މާލޭ ސަރަހައްދަށް ވޯޓުލެވޭ މީހުންނަށް ނިސްބަތް ކުރައްވައި، ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން މިހާރު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.

"ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ލިބިދީފައިނުވޭ. މާލޭގެ ވެއްޓަކީ ސާފުތާހިރުކަމެއް ނެތް ތަނަކަށް ވަނީ ވެފައި،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ގޮނޑިތަކަށް ކުރިމަތިލާ އިދިކޮޅުގެ ކެންޑިޑޭޓުންނާއެކު ރައްޔިތުންގެ އަޑު އަހައިގެން، އެއް އަމާޒަކަށް މަސައްކަތްކޮށްގެން ރައްޔިތުން އެދި އެދި ތިބި ނަތީޖާ ނެރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ ކެމްޕޭން ނިންމާލަން ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕާޓަރުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
އިދިކޮޅުގެ ކެމްޕޭން ނިންމާލަން ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕާޓަރުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިދިކޮޅުގެ ކެމްޕޭން ނިންމާލަން ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕާޓަރުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވަކި ޕާޓީއަކަށް ބެލުމެއްނެތި، ހަމަ ހަމަކަމާއެކު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެ އެވެ.

"ތަފާތު ކުރުމެއްނެތި ހަމަހަމަކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެހެންވީމާ، ޕާޓީގެ ފިކުރު ދޫކޮށް، ގައުމީ ވިސްނުމުގައި ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވާ،" މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ކެމްޕޭނު ނިންމަން ބޭއްވި ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ވާހަކަ ދެއްކެވިއިރު، އެ ހުރިހާ ބޭފުޅުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް މިއީ ރައްޔިތުންނަށް ލިބޭ ފަހު ފުރުސަތު ކަމަށެވެ.

އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި ކައުންސިލް އިންތިހާބު މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ހޯދައި ދިނުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox