ޔާމީންގެ މެސެޖް: "މައުސޫމް މީހެއްގެ ގޮތުގައި ބައްދަލުކުރާނަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވިދާޅުވަނީ ޖަލުން މިނިވަންވެ، ގައުމަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަަމަށް. --ފޮޓޯ | ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވިދާޅުވަނީ ޖަލުން މިނިވަންވެ، ގައުމަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަަމަށް. --ފޮޓޯ | ޕީޕީއެމް

ޖަލުން މިނިވަންވެވަޑައިގެން "މައުސޫމް މީހެއްގެ ގޮތުގައި" ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެ، އެ ވަގުތާ ހަމައަށް ޕީޕީއެމްގެ ފިކުރު ކުރިއަށް ނެރެ ބަދަހިކަމާ އެކު ތިބުމަށް, ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންގެ ކިބައިން މިރޭ އެދިވަޑައިގެންފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް, ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި މެސެޖުގައި ޔާމީން ވިދާޅުވީ ގައުމުގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މި ހާލަތުން ގައުމު ސަލާމަތްކޮށްދެވޭނީ ޕީޕީއެމްގެ ފިކުރަށް ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 2013ގައި ވެރިކަމަށް ވަޑައިގެން އިގްތިސާދު ކޮޅަށްޖަހައި، ހައްލުނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ގައުމީ މަސްލަހަތާ ގުޅޭ މައްސަލަތައް ހައްލުކޮށްދެއްވި ކަމަށެވެ. އަދި ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް، ރައްޔިތުން ފަހުރުވެރިވާ ފަދަ ގައުމަކަށް ރާއްޖެ ބަދަލުކޮށްދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

މާފުށީ ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމަކީ، ޔާމީން ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާ އެވެ.

އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން ކަމުގެ ތުހުމަތު ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ ފިކުރަކީ އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުގައި ނުވެ ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމުން ކަމަށެވެ. ބޮޑެތި ނުފޫޒުތަކުގެ އަޅުވެތި ކުރުމުގެ ފަލްސަފާއާ ދެކޮޅުވުމަކީ އެމަނިކުފާނަށް ފަސޭހަ ދަތުރެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެ ބޭފުޅުން މި ފިކުރުދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެކަމުގެ ފިނޑި ހިޔާލުގަ އެވެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ އެވެ. އަމިއްލަ ހިތްހަމަޖެހުމަށް ވުރެން އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތާއި މި ގައުމުގެ އިސްތިގުލާލް ކަމަށް ވިދާޅުވި އެވެ.

"ބޭރު މީހުން މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ އެވެ. އެކަމަށް އަޅުގަނޑުމެން ފާރަވެރި ވާންޖެހޭނެ އެވެ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ކުށެއް ނުކުރަމެވެ. އަޅުގަނޑުގެ ޟަމީރު މިކަމުގައި ވަރަށް ސާފެވެ. އަޅުގަނޑަށް އަނިޔާކޮށް ކުޑަ ގޮޅިއަކަށް ލައިގެން މިއުޅެނީ ކުށެއް ކޮށްގެނެއް ނޫނެވެ."

ޔާމީނަށް ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. ފަސް އަހަރަށް އިއްވި މި ހުކުމް އިންސާފުވެރި ނޫން ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ވަނީ އުފުލައިފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ނުހައްގުން ޖަލުގައި އިންސާފުނުދީ ބަހައްޓާފައި ވަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެތީ އެވެ. ހަގީގީ އަނިޔާއަކީ އެއީ ކަމަށް ވިދާޅުވި އެވެ.

"މާތް ﷲގެ ވާގިފުޅާ އެކު ޖަލުން މިނިވަންވެ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނާއި ބައްދަލުކުރާނީ މައުސޫމް މީހެއްގެ ގޮތުގަ އެވެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ޕީޕީއެމްގެ ލަޝްކަރު ބަދަހިކަމާ އެކު ކުރިއަށް ގެންގޮސްދޭން އެދިވަޑައިގެންފަ އެވެ. އިދިކޮޅު ކޯލިޝަނުން އެދޭ ރަންޒަމާން ރާއްޖެއަށް ހޯދައިދޭން ކުރާ ދަތުރުގައި އެމަނިކުފާނު ޖަލަށް ލުމަކީ ކުޑަކުޑަ މަޑުޖެހުމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވިޔަސް އެ ދަތުރު އަލުން ފައްޓަވައި އުފާވެރި ދުވަސްތަކެއްގެ ދަންމަރު އަލުން ރޯކޮށް ޕީޕީއެމްގެ ފިކުރާއެކު ގައުމަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ވެސް ހިތްވަރުކުރައްވައި ގަދައަޅައި މަސައްކަތް ކުރައްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ކޯލިޝަނުން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ސިޓީ ކައުންސިލްތައް ހިމަނައިގެން ބޮޑު އަޣުލަބިއްޔަތެއް ނަގާނީ އެ ކޯލިޝަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox