ސްޓޭޖު މަތީގައި ތާޖު ޖަހައިގަތް މައްސަލާގައި ލަންކާގެ "މިސިސް ވޯލްޑް" ހައްޔަރުކޮށްފި

މިސިސް ސްރީލަންކާއަށް ހޮވުނު ޕުޝްޕިކާގެ ބޮލުގައި ތާޖު އަޅުވަނީ -- ފޮޓޯ: އޭއެފްޕީ

މިސިސް ސްރީލަންކާއަށް ހޮވުނު ޕުޝްޕިކާގެ ބޮލުގައި ތާޖު އަޅުވަނީ -- ފޮޓޯ: އޭއެފްޕީ

ސްޓޭޖު މަތީގައި ހިނގި ކުރިމަތިލުމެއްގެ ސަބަބުން ސްރީލަންކާގެ ރީތީގެ ރާނީ ހޮވާ އެންމެ ބޮޑު މުބާރާތުގެ ރަން ތާޖު ހޯދި ޕުޝްޕިކާ ޑެ ސިލްވާއަށް އަނިޔާވި މައްސަލާގައި "މިސިސް ވޯލްޑް" ހައްޔަރުކޮށްފި އެވެ.

"މިސިސް ސްރީލަންކާ" ގެ ލަގަބު ޕުޝްޕިކާއަށް އަރުވާފައި ވަނީ ގައުމީ ޓީވީ މެދުވެރިކޮށް މިދިޔަ އާދީއްތަ ދުވަހު ދެއްކި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ބޮލުގައި ތާޖު އަޅުވަން ޖެހުނީ އޭގެ ކުރިން އެ ލަގަބު ހޯދި އަދި މިހާރު "މިސިސް ވޯލްޑް" ކެރޮލިން ޖޫރީ އެވެ.

ނަމަވެސް ކެރޮލިން ވަނީ ޕުޝްޕިކާގެ ބޮލުގައި އިން ތާޖު ޖަހައިގަނެ، ޕުޝްޕިކާއަކީ މީހަކާ ކައިވެނިކޮށް، ވަރިވެފައިވާ މީހަކަށް ވާތީ އެފަދަ ލަގަބެއް އޭނާއަށް ހައްގު ނޫން ކަމަށް ބުނެފަ އެވެ.

"މިސިސް ސްރީލަންކާ" މުބާރާތުގެ ގަވާއިދު ބުނާ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އެހެންކަމުން ވަރިވެފައިވާ މީހެއް ނަމަ ޑިސްކޮލިފައި ވާނެ އެވެ.

އެ ގަވާއިދަށް އިޝާރާތްކޮށް، ކެރޮލީން ވަނީ ޕުޝްޕިކާގެ ބޮލުގައި އިން ތާޖު ޖަހައިގަނެ، ދެވަނައަށް ދިޔަ ބައިވެރިޔާގެ ބޮލުގައި ތާޖު އަޅުވާފަ އެވެ. އެއާއެކު ރޮވިފައި ހުރި ޕުޝްޕިކާ ސްޓޭޖު މަތިން ފައިބައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.

ނަމަވެސް ޕުޝްޕިކާއަކީ ވަރިވެފައިވާ މީހެއް ނޫންކަން ކަށަވަރު ކުރުމަށް ފަހު މުބާރާތް އިންތިޒާމް ކުރި ފަރާތުން މިހާރު ވަނީ ތާޖު އަލުން އޭނާއާ ހަވާލުކޮށްފަ އެވެ. ޕުޝްޕިކާ ބުނެފައި ވަނީ އޭނާ އަދި ވަރި ނުވާ ކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެނީ ވަކިން ކަމަށެވެ.

"މިސިސް ސްރީލަންކާ" އަކީ ބައިނަލްއަގްވާމީ ރީތީގެ މުބާރާތެއް ކަމަށްވާ "މިސިސް ވޯލްޑް" ގެ ބައެކެވެ. އެ މުބާރާތުގެ ބައިވެރިންނަށް ވާން ޖެހެނީ ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. ކޮންމެ ގައުމަކުން ވެސް ހޮވޭ ރީތީގެ ރާނީ "މިސިސް ވޯލްޑް" މުބާރާތުގައި ބައިވެރިވާނެ އެވެ.

އެ ހާދިސާއަށް ފަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޕުޝްޕިކާ ބުނީ ބޮލަށް ލިބުނު ކުދި ޒަހަމްތަކަށް ފަރުވާ ހޯދަން ޖެހުނު ކަމަށެވެ. އަދި އޭނާއާ މެދު އަމަލު ކުރި ގޮތާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ކެރޮލީން އާއި ޗޫލާ ޕަޑްމެންޑްރަ ނަމަކަށް ކިޔާ މޮޑެލްއެއް ހައްޔަރުކޮށްފައިވާ ކަމަށް ލަންކާ ފުލުހުންގެ ތަރުޖަމާނު އަޖިތް ރޮހާނާއާ ހަވާލަދީ ބީބީސީގައިި ވެއެވެ.

ޖޫރީ އާއި މުބާރާތް އިންތިޒާމް ކުރާ ޗަންދިމަލް ޖަޔަސިންގެއާ މިއަދު ފުލުހުން ސުވާލުކޮށްފައި ވާއިރު މުބާރާތުގެ ފަރާތުން ބުނީ ޕުޝްޕިކާގެ ކިބައިން ރަސްމީކޮށް މައާފަށް އެދޭނެ ކަމަށެވެ.

"މިސިސް ސްރީލަންކާ" މުބާރާތަކީ އެ ގައުމުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެވެ. އާދީއްތަ ދުވަހުގެ ހަފްލާގައި ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox