ބޮޑެތި ސިނާއަތްތަކަށް އަހަރަކު 1،200 މީހުން ވަޒީފާއަށް ނެރެން ޕްރޮގްރާމެއް

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މީހުން ބިނާކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށް. -- ފޮޓޯ / އަދަދު

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މީހުން ބިނާކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށް. -- ފޮޓޯ / އަދަދު

ބޮޑެތި ސިނާއަތްތަކަށް އަމާޒުކޮށްގެން ވަޒީފާއަށް ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފައްޓަވައިދެއްވައިފި އެވެ.

ސްކިލް ފޯ ރެސިލިއެންޓް ވޯކްފޯސް ޕްރޮގަރާމް އިފްތިތާހު ކުރަން މޯލްޑިވްސް ޕޮލިޓެކްނިކް ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަމާޒަކީ އަހަރު 1،200 މީހުން ތަމްރީންކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމް ހިންގަނީ ރާއްޖޭގެ ބޮޑެތި ސިނާއަތްތަކަށް އަމާޒު ކޮށްގެން މީހުންނަށް އެކިއެކި ވަޒީފާ އަދާކުރަން ބޭނުން ވާ ތަމްރީނާއި ގާބިލްކަން ހޯދައި ދިނުމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ހަތް ދާއިރާ އަކުން ވޮކޭޝަނަލް އަދި ޓެކްނިކަލް ކޯސްތަށް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

އަދި މައިގަނޑު ތިން ދާއިރާއަކުން މީހުން ތަމްރީނު ކުރާނެ އެވެ. އެއީ ޓޫރިޒަމާއި އައިސީޓީ އަދި ކޮންސްޓްރަކްޝަން ގެ އިތުރުން އެގްރިކަލްޗަރަލް ދާއިރާ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަހަރަކު 1200 ޒުވާނުން ވަޒީފާގެ ބާޒާރަށް ތަމްރީނުކޮށްގެން ނެރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގަރާމް ގެ ތެރެއިން ތަމްރީނު ލިބިގެންދާ 33 އިންސައްތައަކީ އަންހެނުނަށް ވުމަކީ ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ނޫން ގޮތަކަށް އެންމެ ފުރިހަމައަށް މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ އެވެ.

ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތް މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތައް ގެންދާނީ ހިލެ އެވެ. އެ ކޯސްތަކުން 360 މީހުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ތައްޔާރުވާނެ ކަމަށް ވިދާޅުވި އެވެ.

ބިޑް ކާމިޔާބުކޮށް މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ހަވާލު ކޮށްފައިވަނީ ވިލާ ކޮލެޖާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު އަދި މާލެ ފިޓްނެސް އެކަޑަމީއާ އެވެ.

ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް ޕްރޮގްރާމް ހިންގުމުގައި ހަޔާ އެޑިޔުކޭޝަން އާއި ވޯލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި ޓުއަރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމެންޓާއި ޔޫތް މިނިސްޓްރީގެ އެހީތެރިކަން ލިބިގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox