އަލީގެ ޕާސްޕޯޓް މައްސަލާގައި ގޮތްދޫނުކޮށް ޕީޖީ ސުޕްރީމް ކޯޓަށް

ޕީޖީ ހުސެއިން ޝަމީމް: އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ: ޕީޖީ އޮފީސް

ޕީޖީ ހުސެއިން ޝަމީމް: އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ: ޕީޖީ އޮފީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ ދޫނުކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ޕީޖީން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އޭގެ ފަހުންނެވެ.

ނަމަވެސް، ހައި ކޯޓުގެ ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓް ފޮނުވޭ ގޮތެއް ނުވި އެވެ. އެހެންވެ، ހައިކޯޓުން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ހޯދުމަށް ދައުލަތަށް އެންގި އެވެ. ކޯޓުން ދިން މުއްދަތުގައި ފުލުހުންނަށް ވެސް އެ އެޑްރެސް ހޯދޭ ގޮތް ނުވި އެވެ. އެހެންވެ، އިއްޔެ ހައިކޯޓުން ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ހައި ކޯޓުން މައްސަލަ ބޭރުކޮށްލި ނަމަވެސް، އަލީ ވަހީދުގެ އެޑްރެސް ދައުލަތަށް ހޯދިއްޖެ ނަމަ މައްސަލަ އަލުން ހައިކޯޓަށް ހުށަހުމުގެ ފުރުސަތު އޮތީ ދީފަ އެވެ. އެކަމަކު، ޕީޖީން ނިންމާފައިވަނީ އެ ފުރުސަތުގެ ބޭނުން ނުހިފައި، ސުޕްރީމް ކޯޓަށް ދިޔުމަށެވެ.

"ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ،" ޕީޖީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި އެވެ.

ޕީޖީން ގަބޫލުކުރާ ގޮތުގައި، ކޯޓުތަކުގެ ޝަރީއަތްތައް ދައުވާ ލިބޭ މީހުން ހާޒިރު ކުރުމަކީ އެ އޮފީހުގެ ޒިންމާއެއް ނޫން ކަމާއި އެކަން ކުރުމަކީ ކޯޓުތަކުގެ ޒިންމާއެއް ކަމެވެ. ޕީޖީ އޮފިޝަލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މައްސަލަ ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް ފަރަހަނާޒު މުހައްމަދު ހައިކޯޓުގައި ވެސް ވިދާޅުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ވެސް ޕާސްޕޯޓް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާއި އެކަމަކީ، އަދުލުއިންސާފު ގާއިމް ކުރުމަށް މުހިންމު ވެސް ކަމެއް ކަމަށެވެ.

ނަމަވެސް، އިއްޔެ ހައިކޯޓުން ނިންމި ނިންމުމުގައި ބުނީ ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް، އޭނާއަށް ފުރުމުގެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އަލީ ވަހީދުގެ މައްސަލައަށް ފާރަވެރިވުމަށް ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައިބަދައިގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ، އަލީ ވަހީދު ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީއަށެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ ވަހީދުގެ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައިވީ ނަމަވެސް، ފުރައިގެން ވަޑައިގެންނެވި ފަހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މި މައްސަލައަކީ، އަލީ ވަހީދު ފްރޭމް ކުރުމުގެ ގޮތުން ފެންމަތިކޮށްގެން އުޅޭ މައްސަލައެއް ކަމަށް އަޑު ފަތުރާފައިވާއިރު އެފަދަ ކަމެއް ތަހުގީގަށް ފާހަގަވެފައި ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox