ބްރެޒިލްގައި އެއް ދުވަސް ތެރޭ ކޮވިޑު ޖެހިގެން 4000 މީހުން މަރުވެއްޖެ

ކޮވިޑުގައި މަރުވި މީހެއް ވަޅުލާއިރު، އާއިލާއިން ހިތާމަފާޅު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑުގައި މަރުވި މީހެއް ވަޅުލާއިރު، އާއިލާއިން ހިތާމަފާޅު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ ވޭރިއެންޓުގެ ސަބަބުން ބްރެޒިލްގައި ކޭސްތަކުގެ އަދަދު މަތިވެފައިވާ މި ދަނޑިވަޅުގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރު ތެރޭގައި މި ބަލީގައި 4،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބީބީސީން ރިޕޯޓުކުރާ ގޮތުގައި ހާލަތު ގޯސްވެ، ބްރެޒިލްގެ ހުރިހާ ހޮސްޕިޓަލެއް ވަނީ ފުރިފަ އެވެ. އެހެންކަމުން ބައެއް މީހުން މަރުވަމުންދަނީ ފަރުވާގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބަ އެވެ. އެ ގައުމުގެ ސިއްހީ ނިޒާމު ހުއްޓުމަށް އައިސްދާނެ ކަމުގެ ބިރު މިހާރު އެބަ އޮތެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން ބްރެޒިލްގައި ޖުމްލަ 337،000 މީހުން ވަނީ މަރުވެފަ އެވެ. މަރުވާ މީހުންގެ އަދަދުތައް ރިކޯޑު މިންވަރަށް އިތުރުވެފައިވީ ނަމަވެސް ލޮކްޑައުންގެ ފިޔަވަޅުތައް އެޅުމާ ރައީސް ޖެއާ ބޮލްސޮނާރޯ ދެކޮޅެވެ.

Advertisement

އެމަނިކުފާނު ވިދާޅުވެފައިވަނީ ވައިރަހުން ލިބޭ ގެއްލުމަށް ވުރެ ލޮކްޑައުންކޮށްގެން އިގްތިސާދަށް ލިބޭ ގެއްލުމުގެ ނުރައްކާ މާ ބޮޑުވާނެ ކަމަށެވެ. ރިޔާސީ ގަނޑުވަރުގެ ބޭރުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިއްޔެ ބޮލްސޮނާރޯ ވަނީ ބައެއް ހިސާބުތަކުގެ ކައުންސިލްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ބޮލްސޮނާރޯ ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން އޮބީސިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތަކަށް މަގުފަހިވަމުންދާ ކަމަށާއި ވަޒީފާ ގެއްލުމުގެ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އެ ވާހަކަފުޅުގައި ކޮވިޑުގެ ސަބަބުން މަރުވާ މީހުންގެ އަދަދުތަކަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ.

މިހާތަނަށް ބްރެޒިލްގައި 13 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ. މާޗް މަހުގެ ތެރޭގައި މި ބަލީގައި 66،570 މީހުން މަރުވިއިރު، މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox