ހިޔާ ފްލެޓްގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކެއް: ފްލެޓް ދިނުމަށް ނަގާ ގުރުއަތުލުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކެއް: ފްލެޓް ދިނުމަށް ނަގާ ގުރުއަތުލުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓުތައް ބެހުމަށް ނަގާ ގުރުއަތުލުން އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންމެ ފުރަތަމަ ގުރު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ކަމަށެވެ. ގުރުއަތު ނަގާނީ އެ ކެޓަގަރީއަކުން ފްލެޓް ލިބިފައިވާ މީހުންގެ އައިޑީކާޑް ނަމްބަރުގެ ތަރުތީބުން ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

އެ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ގުރުއަތުލުން ފަށާއިރު ޕީއެސްއެމްއިން ލައިވް ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. ގުރުއަތު ނަގާ ހޯލަށް ދައުވަތު ލިބިގެން އޮބްޒާވަރުންނަށް ވަދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ގުރު ނަގާއިރު ނެގުނު ފްލެޓާއި ފްލޯއާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދެއްކުމަށް ވަނީ ނިންމައިފަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ފްލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި ތަޅުދަނޑި ހަވާލު ކުރާ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް، މިދިޔަ ހަފްތާގައި "އަދަދު" އަށް ވިދާޅުވީ ޓީވީން ލައިވްކޮށްގެން ބާއްވާ އެ ގުރުއަތުލުން ހަފްތާއަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ލިބޭ ފްލެޓެއް ކަނޑައެޅުމަށް ގުރުއަތު ލާން ފަށާއިރު ހައުސިން މިނިސްޓްރީން އަންނަނީ ހިޔާ ފްލެޓް ލިބޭ ދާއިމީ ލިސްޓް އިއުލާންކޮށް, އިތުރަށް ބެލުމަށް ކޮމިޓީން ޝަރުތުކޮށްފައިވާ ކަންކަން ބަލަމުންނެވެ.

ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ 16 ޓަވަރުން 6,720 ފްލެޓް އަޅާފައިވެ އެވެ. އެ މީހަކަށް ލިބޭނެ ފްލެޓެއް ކަނޑައަޅަން ގުރުއަތު ނަގާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތިރީ ފްލޯތަކުން ފްލެޓް ހަމަޖެއްސުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox