ސްޓޭޖު މަތީގައި ތާޖު ޖަހައިގަތުމުން ލަންކާގެ ރީތީގެ ރާނީއަށް އަނިޔާވެއްޖެ

މިސިސް ސްރީލަންކާއަށް ހޮވުނު ޕުޝްޕިކާގެ ބޮލުގައި ތާޖު އަޅުވަނީ -- ފޮޓޯ: އޭއެފްޕީ

މިސިސް ސްރީލަންކާއަށް ހޮވުނު ޕުޝްޕިކާގެ ބޮލުގައި ތާޖު އަޅުވަނީ -- ފޮޓޯ: އޭއެފްޕީ

ސްޓޭޖު މަތީގައި ހިނގި ކުރިމަތިލުމެއްގެ ސަބަބުން ސްރީލަންކާގެ ރީތީގެ ރާނީ ހޮވާ އެންމެ ބޮޑު މުބާރާތުގެ ރަން ތާޖު ހޯދި ޕުޝްޕިކާ ޑެ ސިލްވާއަށް އަނިޔާވެއްޖެ އެވެ.

"މިސިސް ސްރީލަންކާ" ގެ ލަގަބު ޕުޝްޕިކާއަށް އަރުވާފައި ވަނީ ގައުމީ ޓީވީ މެދުވެރިކޮށް މިދިޔަ އާދީއްތަ ދުވަހު ދެއްކި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ޕުޝްޕިކާއަށް ލަގަބު އެރުވިތާ ކުޑައިރުކޮޅެއް ފަހުން 2019 ވަނަ އަހަރު އެ ތާޖު ހޯދި ކެރޮލީން ޖޫރީ ވަނީ ޕުޝްޕިކާގެ ތާޖު ޖަހައިގަނެފަ އެވެ.

Advertisement

ސްޓޭޖު މަތީގައި ހުރެ ތާޖު ޖަހައިގަތުމަށް ފަހު ކެރޮލީން ބުނެފައި ވަނީ ޕުޝްޕިކާއަކީ މީހަކާ ކައިވެނިކޮށް، ވަރިވެފައިވާ މީހަކަށް ވާތީ އެފަދަ ލަގަބެއް އޭނާއަށް ހައްގު ނޫން ކަމަށެވެ.

"މިސިސް ސްރީލަންކާ" މުބާރާތުގެ ގަވާއިދު ބުނާ ގޮތުން މުބާރާތުގައި ބައިވެރިވޭނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އެހެންކަމުން ވަރިވެފައިވާ މީހެއް ނަމަ ޑިސްކޮލިފައި ވާނެ އެވެ.

އެ ގަވާއިދަށް އިޝާރާތްކޮށް، ކެރޮލީން ވަނީ ޕުޝްޕިކާގެ ބޮލުގައި އިން ތާޖު ޖަހައިގަނެ، ދެވަނައަށް ދިޔަ ބައިވެރިޔާގެ ބޮލުގައި ތާޖު އަޅުވާފަ އެވެ. އެއާއެކު ރޮވިފައި ހުރި ޕުޝްޕިކާ ސްޓޭޖު މަތިން ފައިބައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.

ނަމަވެސް ޕުޝްޕިކާއަކީ ވަރިވެފައިވާ މީހެއް ނޫންކަން ކަށަވަރު ކުރުމަށް ފަހު މުބާރާތް އިންތިޒާމް ކުރި ފަރާތުން މިހާރު ވަނީ ތާޖު އަލުން އޭނާއާ ހަވާލުކޮށްފަ އެވެ. ޕުޝްޕިކާ ބުނެފައި ވަނީ އޭނާ އަދި ވަރި ނުވާ ކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެނީ ވަކިން ކަމަށެވެ.

އެ ހާދިސާއަށް ފަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޕުޝްޕިކާ ބުނީ ބޮލަށް ލިބުނު ކުދި ޒަހަމްތަކަށް ފަރުވާ ހޯދަން ޖެހުނު ކަމަށެވެ. އަދި އޭނާއާ މެދު އަމަލު ކުރި ގޮތާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުންޏެވެ.

"މިސިސް ސްރީލަންކާ" މުބާރާތަކީ އެ ގައުމުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެވެ. އާދީއްތަ ދުވަހުގެ ހަފްލާގައި ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox