ޣައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ މިއީ ބޮޑު ނިންމުމެއް!

ސުޕްރީމް ކޯޓު: ގައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ މުހިންމު ނިންމުމެއް އިއްޔެ ވަނީ ނިންމަވާފަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: ގައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ މުހިންމު ނިންމުމެއް އިއްޔެ ވަނީ ނިންމަވާފަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓުން އިއްޔެ ނެރުއްވި ހުކުމެއްގައި ބުނެފައި އޮތެވެ؛

"މަދަނީ މައްސަލަތަކުގައި ކޯޓުތަކުގެ މަގުސަދަކަށް ވާން ޖެހޭނީ ހަސްމުންގެ ހައްގުތައް ކަނޑައަަޅައި ބަޔާންކޮށް ދިނުމެވެ. އުގޫބާތް ދިނުމެއް ނޫނެވެ."

އެޓޯލް ބެންޑް އާއި މޫސާ އަބްދުލްރަހީމް ކިޔާ މީހަކާ ދެމެދު ހިނގާފައިވާ މަދަނީ ދެބަސްވުމަކާ ގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓާ ހަމައަށް ދިޔުމުން ނެރުނު މި ހުކުމްގައި މަދަނީ ދެބަސްވުންތަކާ ގުޅޭ މުހިންމު ނިންމުމެއް ކަނޑައަޅުއްވާފައިވެ އެވެ.

އެއީ، މަދަނީ މައްސަލަތަކުގައި ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ހުކުމް ކުރަމުން އަންނަ ގޮތުގެ މައްޗަށެވެ. ސިވިލް ކޯޓަށް ހަސްމުން ހާޒިރު ނުވެގެން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މައްސަލަތައް ނިސްބަތުން ގިނަ އެވެ.

އެގޮތަށް ސިވިލް ކޯޓުން އަމަލު ކުރަނީ 2006 ވަނަ އަހަރު ހަދާފައިވާ "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދު"ގެ ދަށުންނެވެ. އެ ގަވާއިދުގައި ވާ ގޮތުން، ކޯޓަށް ހާޒިރުވުމަށް އާންމުކޮށް އިއުލާން ކުރުމުން ވެސް އޭނާ ހާޒިރުނުވާނަމަ، ޣައިރު ހާޒިރުގައި މައްސަލާގައި ހިމެނޭ ހެއްކަށް ރިއާޔަތްކޮށް ގޮތް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮވެ އެވެ.

ޣައިރު ހާޒިރުގައި ކުރެވޭ ހުކުމްތަކުން އިންސާފު ގެއްލޭ

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ހުކުމްގައި ފާހަގަކުރި ގޮތުގައި، އެ ގަވައިދަކީ އެއްވެސް ހާލަތެއްގައި މަދަނީ މައްސަލައެއް ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަށް ފުދޭ ގަވައިދެއް ނޫނެވެ. އަދި އެ ގަވާއިދުގައި ޣައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ނެތް ކަމަށް ހުކުމުގައި ފާހަގަކުރައްވާފައި އޮވެއެވެ.

"ޣައިރު ހާޒިރުގައި ކުރާ ހުކުމެއް ކޮށްފިކަން އެ ހަސްމަކަށް އެނގޭ ހިސާބުން އެ ހަސްމު ދެން އަމަލު ކުރަންވީ ގޮތާއި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އެނގެން ނެތުމުން ޣައިރު ހާޒިރުގައި ކުރެވޭ މިފަދަ ހުކުމްތަކުން އިންސާފު ގެއްލުމަށް މަގުފަހިވެ އެވެ." ހުކުމްގައިވެ އެވެ.

އެގޮތުން ގެއްލޭ އެންމެ ބޮޑު ހައްގަކީ، ހުކުމްގައި ބުނެފައިވާ ގޮތުގައި, އިސްތިއުނާފުގެ މަރުހަލާގައި މައްސަލަ ބެލެވޭނެ ގޮތް ނެތިގެން ދިޔުމެވެ. ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސަކީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާއުތަކެވެ. އަދި ޣައިރު ހާޒިރުގައި ހުކުމުކުރިކަން ނޭނގި އޮތުމުގެ ސަބަބުން އެ ފަދަ މައްސަލަތަކުގެ އިސްތިއުނާފީ މުއްދަތު ފެށޭ އިރެއް ނޭނގުމުގެ އިތުރުން، އެފަދަ ނިންމުންތަކުގެ ސަބަބުން އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ވެސް ގެއްލޭކަން ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވަ އެވެ.

ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ގޮތުގައި ޣައިރު ހާޒިރުގައި ނިންމާ މަދަނީ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި ނަމަ، ބައެއް ހާލަތްތަކުގައި އެ ހުކުމެއް ޝަރުތުތަކަކާއެކު ނުވަތަ ޝަރުތަކާ ނުލައި އެއް ފަރާތްކޮށް އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް ތަހުވީލު ކުރަން ޖެހޭނެ އެވެ.

އެ ހާލަތްތަކަކީ؛

ޣައިރު ހާޒިރުގައި ހުކުމް ކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން

  • ޣައިރު ހާޒިރުގައި ހުކުމް ކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ދައުވާ ލިބޭ ފަރާތަށް ކާމިޔާބު ކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާއެއް އޮތް މައްސަލައެއް ކަމަށް ހައިކޯޓަށް ފެނުން.

މިގޮތަށް ދަށު ކޯޓުގެ ހުކުމް އެއް ފަރާތްކުރާއިރު، ޣައިރު ހާޒިރުގައި ހުކުމް ކުރި ފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ އެކަމަށާއި، އެ ހުކުމް އެއް ފަރާތްކޮށްފިނަމަ ދަށު ކޯޓުގައި ދައުވާކުރި ފަރާތުގެ ހައްގަކަށް ލިބިދާނޭ ގެއްލުމަށް ރިއާޔަތް ކުރަންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ އިޖާބަދިނުމަށް ބާރު އެޅުމެއް

ސިވިލް ކޯޓުގައި ހިނގާ މައްސަލަތަކުގައި ބައެއް ފަރާތްތަކުން ކޯޓަށް ހާޒިރު ނުވަނީ، މަދަނީ ދެބަސްވުންތައް ކޯޓުގައި އޮމާންކަމާއެކު ހިންގުމަށް ހުރަސް އެޅުމަށާއި އިޖުރާއަތްތައް ފުރިހަމަ ނުކުރުމުގެ ގޮތުންނެވެ. އެކަމުގެ ސަބަބުން މައްސަލަތައް ހުއްޓި، އެއްވެސް ކޮޅެއްގައި ނުޖެހި ހައްގުތަކުން ބައެއް މީހުން މަހުރޫމްވެގެންދެ އެވެ.

ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔުގައި މިކަމަށް ވެސް އަލިއެޅުއްވި އެވެ؛

"މިކަމަށް ހައްލު ލިބޭނީ ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް އިޖާބަދިނުމަށް ބާރު އެޅިގެންނެވެ. ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް ހާޒިރުވުމަށާއި އިޖާބަދިނުމަށް ބާރު އެޅުމުގެ ވަސީލަތެކެވެ." ހުކުމްގައިވެ އެވެ.

ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ސުއޫދު ވިދާޅުވި ގޮތުގައި، މައްސަލައިގެ މައުލޫއީ ބުރަދަނަށް ބަލައި ކުރާ ހުކުމަށްވުރެ ބޮޑަށް ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުވުމަށް ބާރު އެޅުމުގެ ގޮތުން އަޅާ އިދާރީ ފިޔަވަޅެކެވެ.

ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ، އެއްވެސް ހާލެއްގައި ދައުވާ ލިބޭ ފަރާތް ހަދާ ގޯހެއްގެ ސަބަބުން އެ ފަރާތަށް ދޭ އުގޫބާތެއް ކަމަށް ބަލައިގެން ނުވާނެ

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި، ދައުވާ ލިބޭ މީހާގެ އިހުމާލުން، މައްސަލަ އަލުން ދަށު ކޯޓުން ބަލައި ޝަރީއަތް ކުރަން ޖެހޭ ހާލަތުގައި ދައުވާ ކުރި މީހާ އިތުރަށް ހަރަދެއް ކުރަން ޖެހޭ ގޮތް ވުމަކީ ވިސްނަން ޖެހޭ ކަމެކެވެ.

"...އެހެންކަމުން އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގުމަށް ހިނގި އެކަށީގެންވާ ހަރަދުތައް ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެ މައްސަލާގައި ދައުވާ ކުރާ ފަރާތަށް ލިބިގެންވެ އެވެ." ހުކުމްގައިވެ އެވެ.

އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ހުކުމް ކުރާއިރު، ދައުވާ ކުރާ ފަރާތަށް ކުރަން ޖެހެނު ހަރަދުގެ ތެރެއިން އެކަށީގެންވާ މިންވަރެއް ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށް ހުކުމްގައި ކަނޑައަޅަންވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

"ނަމަވެސް މިގޮތުން ނަގައިދޭ ކޮންމެ ބަދަލަކީ ވަކިވަކިން ހެކި ހުށަހަޅައިގެން ސާބިތުކޮށްދެވޭ ގެއްލުމަކަށްވާން ޖެހޭނެ އެވެ. އަދި ނަގައިދޭ ހަރަދުގެ އަދަދަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ އެވެ." ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ތާއިދު ކުރައްވާފައިވާ ހުކުމްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox