ކޯޓަށް ގެންދިޔުން "ހެރެސްމެންޓް"އަކަށް ހަދައިފި: ޖިހާދު

ޖިހާދު: އޭނާ ވަނީ ކޯޓުން އަމަލު ކުރާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައި

ޖިހާދު: އޭނާ ވަނީ ކޯޓުން އަމަލު ކުރާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާމެދު ކޯޓުތަކުން އަމަލު ކުރާ ގޮތާ ގުޅޭ ގޮތުން އޭނާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ފުށިދިއްގަރާ ގުޅޭ މައްސަލައެއްގައި ދައުވާ އުފުލައި ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ޖިހާދު ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ މައްސަލަ ވެސް އޭގެ ތެރެއިން ކުރިއަށްދެ އެވެ.

ނަމަވެސް ބޭސްފަރުވާއަށް ޖިހާދަށް ފުރޭ ގޮތް ނުވެ، ވަނީ ދިގުލާފަ އެވެ.

Advertisement

މިއަދު ވެސް ކުރިމިނަލް ކޯޓުގައި ޖިހާދު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި އެވެ. ނަމަވެސް ލިޔެކިޔުން ނެތް ކަމަށް ބުނެ ގާޒީ ވަނީ އެ ފުރުސަތު ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. ޖިހާދުގެ ފަރާތުން އޭގެ ކުރިން ވެސް ބޭސްފަރުވާއާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވެ އެވެ.

އެކަން ފާހަގަ ކުރައްވަމުން ގާޒީ ވެސް ވިދާޅުވެފައިވަނީ އެ ލިޔެކިޔުންތައް އެބަހުރި ކަމާއި އެއަށް ރިއާޔަތް ކުރައްވާ ކަމަށެވެ. ނަމަވެސް "ސަޕޯޓިން ޑޮކިއުމެންޓް" ބޭނުންވާ ކަމަށެވެ.

އެއީ، ކޮން ލިޔެކިޔުންތަކެއްތޯ ޒިހާދުގެ ވަކީލް ސުވާލު ކުރެއްވުމުން ގާޒީ ވިދާޅުވެފައިވަނީ ވަކި ލިޔެކިޔުންތަކެއް ނޫން ކަމާއި ބޭސްފަރުވާއަށް ފުރަން ޖެހޭ ކަމުގެ ލިޔުންތައް ކަމަށެވެ.

"ޖިހާދަކީ ބޭސްފަރުވާއަށް ފުރަން ޖެހޭ މީހެއްކަމާމެދު ސުވާލެއް،" ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވި އެވެ.

ކޯޓުގައި މިއަދު ކަންތައްވެގެން ދިޔަ ގޮތާ ގުޅޭ ގޮތުން "އަދަދު"އަށް ފޯނުން ގުޅުއްވައި ޖިހާދު ވިދާޅުވި ގޮތުގައި، އޭނާއާމެދު އަމަލު ކުރަމުން ދަނީ އަނިޔާވެރި ގޮތަކަށް ކަމެވެ.

"މިކަން މިހާރު ހެރެސްމެންޓަކަށް ވެއްޖެ،"

"އަޅުގަނޑަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މީހެއް، ސިޔާސީ ގޮތުން މީހުންނާ ދިމާއަށް އެއްޗެހި ކިޔާ މީހެއް ނޫން، އެކަމަކު އަޅުގަނޑާމެދު އަމަލު މިކުރަނީ ތަންކޮޅެއް އަނިޔާވެރިކޮށް،" ހިތްހަމަނުޖެހި ހުންނަވައި ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވި ގޮތުގައި، ޝަރުއީ ކޯޓުތަކުން އަމަލުތައް ބަހައްޓަން ޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އެވެ. ނަމަވެސް ކޯޓުތަކުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް ވިދާޅުވި އެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ. އެ މައްސަލާގައި ވެސް ޖިހާދު ވަނީ ތިން މަރުހަލާ ކަޑަތުކުރައްވާފަ އެވެ. ދުވަހަކު ވެސް މައްސަލައެއްގައި މީގެކުރިން ކޯޓަށް ދާން ޖެހިފައި ނެތް ޖިހާދަށް، އޭނާ ވިދާޅުވި ގޮތުގައި އެއީ ވަރަށް ބޮޑު ތަކުލީފެކެވެ.

"އަޅުގަނޑަށް މި އަނިޔާ ލިބެން ހައްގެއް ނޫން، އަޅުގަނޑަށް ވެސް ގަދަރާއި އިއްޒަތުގައި އުޅުމުގެ ފުރުސަތު އޮންނަން ވާނެ، އާމްދަނީ ހޯދަން މަސައްކަތް ކުރަން ފުރުސަތު ލިބެން ވާނެ،" ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ލިބެނީ ހިދުމަތް ކުރީމަ ޝަރަފެއް ނޫން، ޝަރަފުވެރި އަނިޔާ،"

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox