ލިޔެކިޔުން ނެތް ކަމަށް ބުނެ، ޖިހާދަށް ފުރުމުގެ ހުއްދަ ނުދިން

ޖިހާދު: ފުރުމުގެ ހުއްދަ މިއަދު ވެސް ނުލިބުނު

ޖިހާދު: ފުރުމުގެ ހުއްދަ މިއަދު ވެސް ނުލިބުނު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ހުއްދަ ދެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން މިއަދު ވެސް ނިންމައިފި އެވެ.

ބޭސްފަރުވާއާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް އަޑުއެހުމެއް ބޭއްވި އެވެ. ނަމަވެސް އެ ދުވަހު ވެސް ގާޒީ ނިންމެވީ އެކަމާމެދު ގޮތެއް ނިންމުން ފަސްކުރުމަށެވެ.

ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އުފުލާފައިވާ ޖިހާދަށް ފުރުމުގެ ހުއްދަ ނުދޭން މިއަދު ގާޒީ ނިންމެވީ، ބޭސްފަރުވާއަށް ފުރަން ޖެހޭ ކަމަށް ބާރު ލިބޭ ލިޔެކިޔުންތައް ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވެ އެވެ.

ގާޒީ އެންގެވީ އެ ލިޔުންތައް ހުށަހެޅުމުން ބޭސްފަރުވާއަށް ފުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ގާޒީ އިތުރަށް ވިދާޅުވެފައިވަނީ ޖިހާދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ބޭފުޅެއް ކަމާމެދު ސުވާލެއް ނެތް ކަމަށެވެ.

ޖިހާދަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނުމަށް ދައުލަތުން ވެސް މިހާރު އިއުތިރާޒެއް ނުކުރެ އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދުގެ ވަކީލް ވަނީ ކުރީގައި ވެސް ޖިހާދުގެ ބޭސްފަރުވާއާ ގުޅޭ ލިޔުންތައް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެ އެއަށް ރިއާޔަތް ކުރެއްވުމަށް އެދިފަ އެވެ.

ގާޒީ ދެން ވިދާޅުވީ އެ ލިޔުންތަކަށް ރިއާޔަތް ކުރައްވާ ކަމާއި ނަމަވެސް ފުރުމުގެ ހުއްދަ އެދިފައިވާ ފޯމާއެކު އިތުރު އެހެން ލިޔެކިޔުމެއް ނެތުމުން އެ ފުރުސަތު ދެވެން ނެތީ ކަމުގަ އެވެ.

ފުށިދިއްގަރާ ގުޅޭ މައްސަލައެއްގައި ޖިހާދަށް އުފުލާފައިވާއިރު، ދައުލަތުގެ އެދުމަށް އޭނާގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ގާނޫނާ ހިލާފު ކަމުގައި ކަނޑައަޅާފަ އެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޖިހާދުގެ ޝަރީއަތުގައި އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާއަށް ޖިހާދު އިންކާރުކޮށްފައިވާއިރު ދައުލަތުން ވަނީ ދައުވާ ސާބިތު ކުރަން ހެކި ހުށަހަޅާފަ އެވެ. ހެކިންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox