ސެވިއްޔާ އިން އެތުލެޓިކޯ ބަލިކުރުމުން ބާސެލޯނާ އަށް ބޮޑު ފުރުސަތެއް

Apr 5, 2021, 3:34 AM
ރޭގެ މެޗުގެ ތެރެއިން އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިން.-- ފޮޓޯ: ގެޓީއިމޭޖަސް

ރޭގެ މެޗުގެ ތެރެއިން އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިން.-- ފޮޓޯ: ގެޓީއިމޭޖަސް

ސެވިލް (އޭޕްރީލް 5) - ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އިން 1-0 އިން ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިކުރުމުން އެ ޓީމާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލީގުގެ ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ފުރުސަތު ލިބިއްޖެ އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 29 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ އެއިބާ ބަލިކުރި ރެއާލް މެޑްރިޑް އެވެ. ރެއާލުން އެއިބާ ބަލިކުރީ 2-0 އިންނެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 28 މެޗުން 62 ޕޮއިންޓާ އެކު އެވެ. މިރޭ ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ އެއް ވަނައިގައި އޮތް އެތުލެޓިކޯއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

ސެވިއްޔާގެ ދަނޑު ސަންޗޭޒް ޕިޗުއާންގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް ޖެހި ޕެނަލްޓީ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. ސެވިއްޔާގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 70 ވަަނަ މިނިޓްގައި އަކޫނިއާ އެވެ. އޭނާ މި ލަނޑު ޖެހީ ހެސޫސް ނަވާސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އެތުލެޓިކޯ އަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ މާރިއޯ ހާމޯސޯ އާއި އެންހެލް ކޮރެއާ އެވެ. އޭރިއާތެރެއިން ހާމޯސޯ ޖެހި ބޯޅަ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު, އިތުރު ވަގުތުގައި ކޮރެއާ ޖެހި ބޯޅަ ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ.

މިއީ ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މި ސީޒަނުގައި ލީގުގައި ބަލިވި ތިން ފަހަރެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ލީގުގެ ރޭހުގައި އަދިވެސް އެ ޓީމު ލީޑުގައި އޮތުމުން ހާސްވެ ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަަމަށެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު ބާސެލޯނާ ދަނޑުގައި އެތުލެޓިކޯ ކުޅޭ މެޗަކީ ލީގުގެ ގޮތެއް ނިންމާނެ މެޗުތަކަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ނަމަވެސް އޭގެ ކުރިން ނޫނީ އޭގެ ފަހުން ވެސް ގިނަ ކަންތައްތަކެއް ބަދަލުވާނެ ކަމަށް ސިމިއޯނީ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox