އެންޑީއޭގެ ކަންބޮޑުވުން: ބަސް ބުނުމުގެ ފުރުސަތެއް ނެތް!

މާލޭގައި ހުންނަ ޑްރަގަށް ފަރުވާ ދޭ މަރުކަޒު: މަސްތުވާތަކެތީގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭތީ ޝަކުވާ ބޮޑު. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި ހުންނަ ޑްރަގަށް ފަރުވާ ދޭ މަރުކަޒު: މަސްތުވާތަކެތީގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭތީ ޝަކުވާ ބޮޑު. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ބަލަހައްޓާ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް މަސްތުވާތަކެތީގެ ކަންކަމުގައި ބުނަންޖެހޭ ބަސް ބުނުމުގެ ފުރުސަތު ފަހިވެފައި ނެތްކަމަށް އެ އެޖެންސީން މިދިޔަ އާދީއްތަދުވަހު ބުނެފި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ބަޔަކަށް ފަރުވާ ނުލިބި މަގުމަތިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. މިކަން މިގޮތަށް ދިމާވެފައިވާ އެއް ސަބަބެއްގެ ގޮތުގައި އޮތީ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމެވެ.

ފަރުވާ ދިނުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެންޑީއޭގެ ލީގަލް އޮފިސަރު އަހުމަދު ހިލްމީ "އަދަދު" އަށް ވިދާޅުވީ މަސްތުވާތަކެތީގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ.

Advertisement
އެންޑީއޭއިން ނަގަންޖެހޭ ސްޓޭންޑް ނުވަތަ ޑިސިޝަން ނަގަނީ ދައުލަތުގެ ކޮންމެވެސް އެހެން އިދާރާތަކުން. -- ހިލްމީ

އޭގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ހުރި 80 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް އެންޑީއޭގެ ބަހެއް ނެތި ބަންދުކޮށްފައިވާ ކަމަށެވެ. ހދ. ހަނިމާދޫގައި މިހާރު ގާއިމްކޮށްފައި ހުރި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒަކީ އެ އަތޮޅު ކުޅުދުއްފުށީގައި އެޅުމަށް އެންޑީއޭން ބޭނުންވި ތަނެއް ކަމަށާއި އެކަން ބަދަލު ކުރީ އެ އެޖެންސީއަށް ނާންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނިމާދުއަކީ އެކަށީގެންވާ ސިއްހީ ނިޒާމެއް ވެސް ނެތް ރަށަކަށްވުމުން އިމަޖެންސީ ހާލަތުގައި ވެސް އަތޮޅުގެ ވެރިކަންކުރާ ރަށަށް ބަރޯސާވާން ޖެހިފައިވީއިރު، އެންޑީއޭގެ މަސައްކަތްތަކުގެ ތެރެއަށް ކަމާ ނުބެހޭ އިދާރާތަކުން އަތް ބޭނުމުގެ ސަބަބުން ނުވަތަ އެ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން އެންޑީއޭގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވޭ،" ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ކަންކަމާ ގުޅިގެން ގައުމީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެންޑީއޭގެ ފަންނީ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

އެންޑީއޭ އިސްލާހު ކުރުމުގެ ނަމުގައި ހަރަކާތްތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން އެންޑީއޭ އިސްލާހު ކުރަން ގޮވާލައި 1،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންޑީއޭގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox