ހަސަން ސައީދު ކުރުވި ކައިވެންޏެއްގެ މައްސަލަ ވެސް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ އިތުރު މައްސަލައެއް ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ގާޒީ ހަސަންގެ އާ މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނީ އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުރެ ކޯޓުގެ ފަރާތުން މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެކެވެ.

އެ މައްސަލަ ޖޭއެސްސީއިން ނިންމީ އެ ކޮމިޝަނުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެކަމަށް ތަހުގީގު ކޮމިޓީ ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.

Advertisement

ގާޒީ ހަސަން، ފެމެލީ ކޯޓުން ކުރިމިނަލް ކޯޓަށް ބަދަލު ކުރީ ވެސް ސުލޫކީ މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ޖޭއެސްސީއިން ގާޒީ ހަސަންއާ ގުޅޭ ސުލޫކީ މައްސަލައެއް އޭރު ބެލީ އެ ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެގޮތުން، މުވައްޒަފުންނަށް އޭނާގެ ފަރާތުން އެކި ކަހަލަ ފުރައްސާތަކާ ކުރިމަތިލާން ޖެހުނުކަން މުވައްޒަފުން ބުންޏެވެ.

އެ މައްސަލާގެ ތަހުގީގު ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. މުވައްޒަފުންގެ އެ ތުހުމަތުތަކާއެކު ގާޒީ ހަސަން ވަނީ ކީރިތި ވެސް ކުރައްވާފަ އެވެ.

އެ މައްސަލަ ސާބިތުވެ، ފިޔަވަޅެއްގެ ގޮތުން އޭނާގެ ކުރިމިނަލް ކޯޓުގެ ގާޒީއެއް ކަމަށް ބަދަލު ކުރި ނަމަވެސް، އެ މަގާމުގެ މުސާރަ ކުރިން ހުރި މަގާމަށްވުރެ ބޮޑުކަމުން ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވި އެވެ.

ގާޒީ ހަސަން، އޭގެ ކުރިން ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ވެސް ހުންނެވި އެވެ.

މިފަހުން ގާޒީ ހަސަންގެ ވާހަކަ ފެންމަތިވެގެން އައީ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ނެރުނު އަމުރާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ވެސް ޖޭއެސްސީއިން ދަނީ ގާޒީ ހަސަންގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox