ހާލަތު ގޯސްވާތީ އިންޑިއާގެ ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސްކޮށްފި

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ހިންގާ ވެކްސިން ޕްރޮގްރާމުގެ ތިންވަނަ މަރުހަލާގެ ދަށުން އުމުރުން 45 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށައިފި އެވެ.

މިހާތަނަށް 60 މިލިއަން ޑޯޒް ދީފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑާ ދެކޮޅަށް ދެ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެއީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ކުންފުނި ބާރަތު ބަޔޯޓެކުން އުފެއްދި ކޯވެކްސިނެވެ.

ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމް އިންޑިއާގައި ހިންގަމުން ދާއިރު، އެ ގައުމުގެ އަމާޒަކީ ޖުލައި މަހުގެ ކުރިން 250 މިލިއަން މީހުންނަށް ވެކްސިން ދީ ނިންމާލުމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެ އަމާޒަށް ވާސިލްވުމަށް ދުވެލި އަވަސް ކުރަން ޖެހެ އެވެ. ކޭސްތައް ކުއްލިއަކަށް އިތުރުވެފައިވާ ނަމަވެސް ވެކްސިން ޕްރޮގްރާމުގެ ތިންވަނަ މަރުހަލާ ފެށީ އެހެންވެ އެވެ.

މި އަހަރު ފެށުމާއެކު އިންޑިއާއިން ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ފެށި އެވެ. އޭރު އެ ގައުމުގައި ކޭސްތައް ވަރަށް ބޮޑަށް ދަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވަމުން ދިޔެއީ އެންމެ 15،000 މީހުންނެވެ.

އެކަމަކު މާޗް މަސް ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވެފައި ވަނީ ޓެސްޓު ކުރުމާއި ކޮންޓެކްޓް ޓްރޭސިންގައި ފަރުވާ ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުން މަޑުޖެހުމުންނެވެ.

އިއްޔެ އެކަނިވެސް 72،019 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 457 މީހަކު މި ބަލީގައި މަރުވި އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު އަދަދުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އަދަދުތައް ދަށް ކުރުމުގެ ބޭނުމުގައި އިންޑިއާއިން މިހާރު ވަނީ އެ ގައުމުގެ ސީރަމް އިންސްޓިޓިއުޓުގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ނިންމާފަ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލަދީ ބީބީސީގައިވާ ގޮތުން އެގޮތަށް ނިންމަން ޖެހުނީ ކޭސްތައް ކުއްލިއަކަށް އިތުރުވުމުން ވެކްސިނަށް އޮތް ޑިމާންޑު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ.

އެ ނިންމުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޯވެކްސް ސްކީމުގައި ހިމެނޭ 190 އަށް ވުރެ ގިނަ ގައުމަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އިންޑިއާއިން މިހާތަނަށް ވަނީ 76 ގައުމަށް ވެކްސިނުގެ 60 މިލިއަން ޑޯޒް އެކްސްޕޯޓުކޮށްފަ އެވެ.

ވެކްސިނުގެ އެކްސްޕޯޓް ވަގުތީ ގޮތުން މެދުކަނޑާލަން އިންޑިއާއިން ނިންމި ނަމަވެސް، އެ ގައުމުން ދާދި ފަހުން ވަނީ ދިވެހި ސަރުކާރުން ގަނެފައިވާ ކޮވިޝީލްޑުގެ 100،000 ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރެން ފެށި ފަހުން މިހާތަނަށް އިންޑިއާއިން 11.7 މިލިއަން މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭގެ ތެރެއިން 160،000 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. ދުނިޔޭގައި ކޮވިޑުގެ ހާލަތު ތިންވަނައަށް އެންމެ ގޯސްކޮށް އޮތް ގައުމަކީ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox