ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ލައިވްކޮށް، ހަފުތާއެއް ނަގާނެ

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެއް: މި ފްލެޓްތައް މި މަހުގެ ތެރޭގައި ހަވާލުކުރަން ވަނީ ނިންމާފައި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެއް: މި ފްލެޓްތައް މި މަހުގެ ތެރޭގައި ހަވާލުކުރަން ވަނީ ނިންމާފައި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ގާތްގަނޑަކަށް ހަފުތާއަކަށް ދެމިގެންދާނެ ކަމަށް އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ 16 ޓަވަރުން 6,720 ފްލެޓް އަޅާފައިވެ އެވެ. އެ މީހަކަށް ލިބޭނެ ފްލެޓެއް ކަނޑައަޅަން ގުރުއަތު ނަގާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތިރީ ފްލޯތަކުން ފްލެޓް ހަމަޖެއްސުމަށް ފަހު އެވެ.

ސުހެއިލް މިދިޔަ ހަފުތާގައި "އަދަދު"އަށް ވިދާޅުވީ އެންމެން އެއްފަހަރާ އެއްތަނަކަށް ހާޒިރުކޮށްގެން ހިޔާ ފްލެޓްތަކުގެ ގުރުއަތު ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެޗްޑީސީގެ ވިސްނުމަކީ ގުރުއަތު ނަގާ އިވެންޓް ލައިވްކޮށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

Advertisement

"މިގޮތަށް ލައިވްކުރި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 6-7 ދުވަސް އެބަ ނަގާ ގުރުއަތު ކަންތައް ކުރަން," ސުހެއިލް ވިދާޅުވި އެވެ.

ގުރުއަތުލުމުގެ އިވެންޓް އެޗްޑީސީން އިންތިޒާމްކުރަމުން އަންނަނީ މި މަހުގެ މެދުތެރެއަށެވެ. ހައުސިން މިނިސްޓްރީން އަންނަނީ ހިޔާ ފްލެޓް ލިބޭ ދާއިމީ ލިސްޓް އިއުލާންކޮށް, އިތުރަށް ބެލުމަށް ކޮމިޓީން ޝަރުތުކޮށްފައިވާ ކަންކަން ބަލަމުންނެވެ.

ހައުސިން މިނިސްޓްރީން މި ހަފުތާގައި ބުނެފައި ވަނީ ހިޔާ ފްލެޓުގެ ތަޅުދަނޑި މި މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށެވެ. އެ ތަންތަން ހަވާލުކުރަނީ ފިނިޝިން ނުނިންމަ އެވެ. އެހެންކަމުން ތަން ހަވާލުކުރިޔަސް ހުޅުމާލެ ދެ ވަނަ ފޭހުގެ އެ ފްލެޓުތަކުގައި ދިރިއުޅެން ފެށޭނީ ގާތްގަނޑަކަށް ދެތިން މަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox