މުއިއްޒު ހާޒިރު ކުރީ ސިޔާސީ ވިސްނުމުގައި ނޫން ކަމަށް އޭސީސީން ބުނެފި

މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރީ އިންތިހާބާ ދިމާކޮށް ސިޔާސީ ގޮތުން ބިރު ދެއްކުމަށް ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫ ހިންގި އެއް މިނިސްޓަރު ކަމަށްވާ މުއިއްޒު މިދިޔަ ހަފުތާގައި އޭސީސީއަށް ހާޒިރުކުރުމުން އެއީ އިންތިހާބުގައި ވާދަ ކުރައްވާތީ ބިރު ދެއްކުމަށް ކުރި ކަމެއް ކަމަށް ބުނީ އިދިކޮޅު ކޯލިޝަނުނުންނެވެ.

އެކަމަށް ރައްދު ދީ އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރަނީ ދުރާލާ ޕްލޭންކޮށްގެން ކަނޑައަޅާފައިވާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މައްސަލަތަކުގެ ތަހުގީގު ފަށާނެ ދުވަހާއި ނިންމާނެ ދުވަސް ކަނޑައަޅަނީ ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫން ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނަށް ތަހުގީގުތަކަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު މީޑިއާއާ އޭސީސީއިން ހިއްސާ ނުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން މުއިއްޒު އެ ކޮމިޝަނަށް ހާޒިރު ކުރިކަން ވެސް މީޑިއާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"(އިއްޔެ) ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންޔިޚާބު އިއުލާނުކުރި ފަހުން ވެސް މީގެ ކުރިން ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ އެވެ. ނަމަވެސް އޭރުގައި ވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑީއާއަށް ހިއްސާކޮށްފައެއް ނުވާނެ އެވެ." ރައްދުގައި އޭސީސީގެ ބަޔާނުގައި ލިޔެފައިވެ އެވެ.

މުއިއްޒު އޭސީސީއަށް ހާޒިރު ކުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ކަމަށް ދޭހަވާގޮތަށް ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފަށް އަދި ކޮމިޝަނާ މެދު ނުބައި ތަސައްވަރެއް އުފެއްދުމަށް ކުރާ ކަމެއްކަމަށް ބުނެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އެ ކޮމިޝަންގެ މެމްބަރުންނަށް ފުރައްސާރަ ކުރަމުން ދާކަން ފާހަގަކޮށް އެކަންކަމަށް ބެލުމެއް ނެތި ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާ ކުރުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވާއިރު އެއީ ސީދާ ކޮން މައްސަލައެއްކަން އޭސީސީން ހާމައެއް ނުކުރެ އެވެ.

ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވައިލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގައި މުއިއްޒާ ދެކޮޅަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ އުފުލުމުން ވެސް މުއިއްޒު އޭރު ވިދާޅުވީ އެއީ ސިޔާސީ ގޮތުން ކުރި ދައުވާއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox