ބައްޕަގެ މުދަލަކީ ދަރިފުޅުގެ މުދާތަ؟ ނޫން މި ތިބީ ކޯޓުގައި!

ދޯންޏެއްގެ ދެބަސްވުމުގައި ދެބަފައިން ވަނީ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައި: މިއީ ޝައުގުވެރި ޝަރީއަތެއް - ކުރެހުން: އަހުމަދު އިހްސާން / އަދަދު

ދޯންޏެއްގެ ދެބަސްވުމުގައި ދެބަފައިން ވަނީ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައި: މިއީ ޝައުގުވެރި ޝަރީއަތެއް - ކުރެހުން: އަހުމަދު އިހްސާން / އަދަދު

ބުނެ އުޅެ އެވެ؛ ބައްޕައެއްގެ މުދަލަކީ ހަމަ ދަރިންގެ މުދަލެވެ! އެކަމަކު، މިއީ ހަމަ ބުނެލުމެކެވެ. މުދަލުގެ ޒުވާބުގައި ދަރީންނާއި ބައްޕައިން ވެސް ހަތުރުންނަށްވެ ދެ އެވެ.

ސުޕްރީމް ކޯޓާ ހަމައަށް މިހާރު ގޮަސްފައި އޮތް މި މައްސަލައަކީ ދެބަފައިންގެ ދެމެދުގައި ކުރިއަށްދާ ޝަރީއަތެކެވެ. އާއިލީ މައްސަލައެއް ނޫނެވެ. އާއިލީ މައްސަލަގަނޑެއްގެ ތެރެއިން އުފެދިފައިވާ މަދަނީ ދެބަސްވުމެކެވެ.

ދޯނި ދޭން ސޮއި ކުރުމާއި ކޯޓަށް ދިޔަ ގޮތް

މި މައްސަލައެއް އުފެދިގެން އައީ ހުސެއިން، އޭނާގެ ދަރިފުޅު އަހުމަދަށް "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ވިއްކުމަށް އެއްބަސްވުމެއް ހެދި ހިސާބުންނެވެ. "ކޯމަސް" ވިއްކުމަށް އެ ދެބަފައިންގެ ދެމެދު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އެއާ އެއްގޮތަށް އަހުމަދާ ދޯނި ހަވާލުކޮށްފައެއް ނުވެ އެވެ.

Advertisement

އެހެންވެ، އޭނާގެ ހައްގެއް ބައްޕަ ހިފަހައްޓާފައިވާ ކަމަށް ބުނެ ރަށު ކޯޓަށް އަހުމަދު މައްސަލަ ހުށަހެޅި އެވެ. އެއާއެކު، ދެބަފައިންގެ ޝަރީއަތް ދަށު ކޯޓުގައި ފެށީ އެވެ.

ދޯނި ހަވާލު ނުކުރުމުގެ ހުއްޖަތެއްގެ ގޮތުގައި ހުސެއިން ކޯޓުގައި ފާހަގަކުރީ އެ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު، އޭނާއަށް ބިރު ދައްކައި މަޖުބޫރުކޮށްގެން ހެދި އެއްބަސްވުމެއް ކަމެވެ. އޭނާއަކީ އޭރު ބަލި މީހެއް ކަމެވެ. ކުއްލި ގޮތަކަށް ހުސެއިން ބަލި އެނދަށް ވައްޓާލީ ސްޓްރޯކެކެވެ. އެކަމެއް ދިމާވީ ދޯނި މަރާމާތަށް އެހެލާފައި ހުއްޓަ އެވެ.

ނުހަނު ވޭން އުފުލަން ޖެހެފައިވާ ހުސެއިން، ސްޓްރޯކަށް ފަރުވާ ހޯދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރީ ލޯބިވާ ދަރިފުޅު، އަހުމަދުގެ ބެލުމުގެ ދަށުންނެވެ. ބައްޕަގެ އެ ހާލުގައި އެއީ އަހުމަދުގެ މައްޗަށް ވާޖިބެއް އަދި ޒިންމާއެއް ވެސްމެ އެވެ. އެއީ، އޭނާ ކޮށްދޭ ހެޔޮކަމެއް ނޫނެވެ. އެކަމަކު، އޭގެ ބަދަލު ދޭން ހުސެއިނަށް ޖެހުނެވެ.

ރާއްޖެއިން ބޭރުން ހުސެއިން ފަރުވާ ހޯދުމަށްފަހު ދުވަސްތަކެއް ވަންދެން މާލޭގައި، އަހުމަދު ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގައި މަޑުކުރި އެވެ. ދެބަސްވުން އުފެދިފައި މިއޮތް އެއްބަސްވުމުގައި ދެބަފައިން ސޮއިކުރީ އެ އެޕާޓްމެންޓްގައި އުޅުނު ދުވަސްވަރެވެ.

ކޯޓުގެ ނިންމުން

ދެބަސްވުން އުފެދިފައިވާ އެއްބަސްވުމާއެކު، ދަށު ކޯޓުގައި ހުސެއިން ބުނަމުން ދިޔައީ ސްޓްރޯކް ޖެހި، އަހުމަދުގެ ބެލުމުގެ ދަށަށް ހުސެއިން ދިޔުން މަޖުބޫރުވެފައިވަނިކޮށް ހެދި އެއްބަސްވުމުގެ ފަހަތުގައި ވަނީ ބިރާއި ނުފޫޒު ކަމަށެވެ. އެކަމަކު، އޭނާގެ އެ ވާހަކައަށާއި އޭނާގެ ބަލި ހާލަތަށް ބާރުދޭނެ ކަރުދާސްގަނޑެއް ކޯޓަށް ހުށަހެޅޭ ކަމަކަށް ނުވި އެވެ.

ދަށު ކޯޓުން ހިފީ އެ ނުކުތާގަ އެވެ.

"މަޖުބޫރުކޮށް ބިރު ދެއްކި ކަމާއި ހުސެއިންއަކީ އޭރު ބަލި މީހެއްކަން އެނގޭނެ އެއްވެސް ކިތާބީ ހެއްކެއް ނެތް، އެހެންވެ، އެކަން ސާބިތެއް ނުވޭ،" ދަށު ކޯޓުގެ ނިންމުމަކީ މިއީ އެވެ.

"އެއްބަސްވުމުގައި ހިމެނޭ ދެ ހެކިން ވެސް ހުސެއިން އެ އެއްބަސްވުމުގައި ސޮއިކުރީ ރުހި ގަބޫލުންކަން ބަޔާންކޮށްފައިވޭ،"

އެހެންކަމުން ދަށު ކޯޓުން ބުނި ގޮތުގައި، އެއްބަސްވުމެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ޝަރުތުތައް މި ހާލަތުގައި ހަމަވެ އެވެ. އެ ކޯޓުން އެންގީ 24 ގަޑިއިރު ތެރޭގައި އަހުމަދަށް ދޯނި ހަވާލުކުރުމަށެވެ. ނުކޮށްފިނަމަ، އެ ހުކުމް ތަންފީޒު ކުރުމަށް ފުލުހުންނަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

ދަށު ކޯޓުން ދަރިފުޅާ އެއްކޮށް ނިންމި ނިންމުން ހުސެއިންނަށް ކަމަކު ނުދިޔަ އެވެ. އޭނާގެ މިސްރާބު ޖެހީ ހައިކޯޓަށެވެ.

ހާއްސަ ގުޅުމެއް، އެކަކަށް މަންފާވާނަމަ އެއީ ނުފޫޒު!

ހުސެއިން ގެނައި މި މައްސަލަ، ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުން ނެރުއްވި ހުކުމުގައި ޝައުގުވެރި ކަންތައްތަކެއް ފާހަގަކުރި އެވެ.

ހައިކޯޓުން ބުނި ގޮތުގައި، ނުރަނގަޅު ނުފޫޒެއް ހިންގާފައިވާ ކަމަށް ބެލެވޭނެ ތަފާތު އެކި ހާލަތްތައް ކުރިމަތިވެދާނެ އެވެ. އެއްބަސްވުމެއް ވެވޭ ދެފަރާތުގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮތުމަކީ މީގެ ތެރެއިން އެއް ހާލަތެވެ. މިފަދަ ހާއްސަ ގުޅުމެއް އޮންނަ ދެ މީހެއްގެ ދެމެދުގައި އެކަކަށް މަންފާއެއް ލިބޭގޮތެއް އެއްބަސްވުމެއްވެވޭ ނަމަ، ހުކުމުގައި ބުނި ގޮތުން ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތް ކަމަށް ބަލަންޖެހެ އެވެ. އެގޮތުން މިފަދަ ކޮންމެ މައްސަލައެއްގައި ބަލަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

"ނުރަނގަޅު ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހާއަށް އެކަން ނަފީ ކުރެވޭފަދަ ހެއްކެއް ހުށަނޭޅިއްޖެނަމަ ބަލަންޖެހޭނީ މުއާމަލާތު ކޮށްފައިވަނީ އޭނާގެ ފަރާތުން ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކަމަށް،"

ހުކުމުގައި ލިޔެފައިވާ ގޮތުގައި، މި މައްސަލާގައި އެއްބަސްވުން ހެދީ ހުސެއިން ސްޓްރޯކަށް ފަރުވާ ހޯދަމުންދިޔައިރުކަން އެނގެން އޮތް ކަމާއި އެއީ ބައްޕައަށް ދަރިފުޅު ނުފޫޒު ފޯރުވޭނެ ހާލަތެއް ކަމެވެ.

"ހުސެއިންގެ ބޭސްފަރުވާގެ ކަންތައްތައް ބަލަހައްޓާ ބޭސްފަރުވާއަށް ހަރަދުކުރުމާއި މާލޭގައި ހުރުމަށްޓަކައި އެޕާޓްމަންޓް ކުއްޔަށް ހިފާފައިވަނީވެސް އަހުމަދުކަން އެނގޭއިރު، އޭނާ ހުރީ އޭނާގެ ބައްޕަ ހުސައިންއަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައިކަން އެނގޭ،" ހައިކޯޓުގައި ހުކުމްގައިވެ އެވެ.

އަދި، އެއްބަސްވުން އެކުލަވާލައި، ފައިސާގެ މުއާމަލާތްތައް ކުރަން އެއްބަސްވުމުގައި ލިޔެފައިވާ ގޮތުން ހުސެއިންއަށް މާލީ އެއްވެސް މަންފާއެއް ލިބެން ނެތްކަން ވެސް އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ހައިކޯޓުގެ ފަނޑިޔާރުންނަށް ގަބޫލު ކުރެވުނީ މި އެއްބަސްވުމަކީ ބައްޕައަށް ދަރިފުޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމެވެ.

ހައިކޯޓުން ވަނީ "ކޯމަސް" ދޯނި އަހުމަދާ ހަވާލުކުރުމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށްފަ އެވެ. ހައިކޯޓުގެ އެ ނިންމުމާމެދު، ހިތްހަމަ ނުޖެހި، ދަރިފުޅު މިހާރު ވަނީ ސުޕްރީމް ކޯޓަށް ގޮސްފަ އެވެ. އެއްވެސް ކޮޅަކުން ދޫދިނުމެއް ނެތެވެ. ބައްޕަގެ މުދާ ދަރިފުޅުގެ މުދަލަށް ނުވެ، ދަރިފުޅު ވެސް ބައްޕަގެ އަތުން މުދާ އަތުލުމަށް ދުވަނީ އެވެ.

މިކަމުގައި ސުޕްރީމް ކޯޓުން ޝައުގުވެރި ހުކުމެއް ނެރޭނެ ކަމަށް އިންތިޒާރު ކުރެވެ އެވެ.

[މި ލިޔުމުގައި ބޭނުންކޮށްފައި މި ވަނީ މައްސަލާގައި ހިމެނޭ މީހުންގެ އަސްލު ނަމެއް ނޫނެވެ.]

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox