ވެމްކޯ އިން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފި

Nov 2, 2026, 8:16 AM
2026 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

2026 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކްލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލައިފި އެވެ.

މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ރޭގެ ފައިނަލުގައި ވެމްކޯ އިން ވަނީ 3-1 ސެޓުން، ކްލަބް އެމްޓީސީސީ ބަލިކޮށްފަ އެވެ. ވެމްކޯ އިން ފައިނަލަށް ދަތުރުުކުރީ ވެސް ސެމީގައި އެމްޓީސީސީ ބަލިކޮށްފަ އެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ފުރަތަމަ ދެ ސެޓު، 25-22، 25-16 އިން ގެންގޮސް މެޗުގެ ކޮންޓްރޯލް ނެގުމަށް މުހިންމު ފިޔަވަޅެއް ކުރިއަށް އެޅި އެވެ. އެކަމަކު، ސީދާ ތިން ސެޓުން ފައިނަލް މެޗު ކާމިޔާބުކުރަން ވެމްކޯ އިން ކުރި މަސައްކަތް ކާމިޔާބުނުވީ، އެމްޓީސީސީން ތިން ވަނަ ސެޓުގެ ފަހުކޮޅުގައި ހިތްވަރު ދައްކައި، 24-26 އިން މި ސެޓު ގެންދިއުމުންނެވެ. 

Advertisement

އެކަމަކު، ހަތަރު ވަނަ ސެޓު، 25-15 އިން ގެންގޮސް ވެމްކޯ އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

2026 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯގެ ސެޓަރު ޖޫޒާން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
2026 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯގެ ސެޓަރު ޖޫޒާން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އެންމެ މޮޅު ކުޅުންތެރިންގެ މަގާމު ލިބުނީ، ވެމްކޯގެ ޖޫޒާން ޒަރީރު، ނަރީމާ އިދުރީސް (ނަންނި)ގެ އިތުރުން، އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހު އަށެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު އެމްޓީސީސީގެ ޑޭވިސް ޓޯމް ފެނާންޑާ އާއި ވެމްކޯގެ ވަރަންޏާ ސްރިލައޫން އަދި ކުތިކާ ކައެވްޕިން އަށް ވަނީ ލިބިފަ އެވެ. އަދި، އެންމެ އުންމީީދީ ކުޅުންތެރިއަކަަށް އެމްޓީސީސީގެ އައިމިނަތު ފަރާހަތު ވަނީ ހޮވިފަ އެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ. 

ގައުމީ މުބާރާތުގެ ތިން ވަނަ އަށް ދިޔައީ ހުރާ ކޮމިއުނިޓީ ކްލަބް އެވެ. އަދި، ހަތަރު ވަނަ ހޯދީ ޕޮލިސް އެވެ. 

ވެމްކޯ އިން މި ސީޒަނުގެ ތިން މުބާރާތުގެ ތަށި ވެސް ހޯދިއިރު، އެ ޓީމުން ވަނީ ހަ އަހަރު ތެރޭ 13 ތަށި އަންހެން ވޮލީގައި ހޯދައިފަ އެވެ. އެސޯސިއޭޝަން ކަޕް ހަ ފަހަރު، ލީގު ދެ ފަހަރު އަދި ގައުމީ މުބާރާތް ފަސް ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox