ސިފައިން ބަލިކޮށް ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

Oct 28, 2026, 12:27 AM
ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުުކުރި ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުުކުރި ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެންމެ ފަހުގެ ޗެމްޕިއަން, ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތަށި އުފުލާލައިފި އެވެ. 

މި ފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ސިފައިން ވަނީ ޕޮލިހުން ބަލިކޮށްފަ އެވެ. އެކަމަކު، ސިފައިންގެ ދެ ބިދޭސީ ކުޅުންތެރިން ނުލައި އެ ޓީމުން ކުޅެން ޖެހުނު މިރޭގެ ފައިނަލުން، ޕޮލިސް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. 

ޝެޑިއުލްގެ ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނުލައި ސިފައިން ގައުމީ ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ސިފައިންގެ ޓީމަށް މި ފަހަރުގެ ގައުމީ ލީގުގައި މޮޅު ކުޅުމެއް ދައްކައި، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗެއް ކާމިޔާބުކޮށްދޭން އެހީތެރިވެދިން ޕާކިސްތާން ދެ ކުޅުންތެރިން ކަމަށްވާ، ހަމަދު މުހައްމަދު އާއި ފަހަދު ރާޒާ، މިރޭގެ ފައިނަލުގައި ނެތެވެ. އެ ދެ ކުޅުންތެރިންނަށް ފައިނަލުގެ ފުރުސަތު ގެއްލުނީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުބާރާތުގެ ޝެޑިއުލަށް ގެނައި ބަދަލެއްގެ ސަބަބުންނެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ގައުމީ ފައިނަލްގައި، ޕޮލިހުން ސިފައިންގެ މައްޗަށް ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ، 25-11، 25-18 އަދި 25-20 އިންނެވެ. 

ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުުކުރި ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުުކުރި ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މުބާރާތުގެ ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިއަކީ، ޕޮލިހުގެ ސެޓަރު، އަލީ މައުރޫފް (މާއްޓޭ) އާއި ސިފައިންގެ ޓީމުގެ ލިބަރޯ، އަހުމަދު ނަބީލް (ނައްބަ) އަދި ޕޮލިހުގެ އަހުމަދު ނާފިއު އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާ (21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ) ގެ މަގާމު ލިބިފައިވަނީ، ސިފައިންގެ ޓީމުގެ އިޔާން އަލީ އަށެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ޕޮލިހުގެ ނަސްރުﷲ ތޯހާ އެވެ. 

އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ޕޮލިހަށް ކުޅުނު ރަޝިއާގެ އަންދްރެއި ވަސިލެންކޯ އެވެ. 

މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ވެސް ކާމިޔާބުކުރި ސިފައިންނެވެ. އެކަމަކު، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފައިވަނީ ތިން ޓީމަކުންނެވެ. އެ ގޮތުން، ސިފައިން ބަލިކޮށް، އެސޯސިއޭަޝަން ކަޕް ޗެމްޕިއަންކަން ކްލަބް އެމްޓީސީސީން ހޯދިއިރު، ސިފައިން ވަނީ ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ގައުމީ މުބާރާތުގެ ފައިނަލުން ސިފައިން މި ވަނީ ޕޮލިސް އަތުން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox