ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

Nov 1, 2026, 11:19 AM
ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ.

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ.

މެޑްރިޑް (ނޮވެމްބަރު 1) - ޗައިނާގެ ސިޔާސީ ތާރީހުގައި ބޮޑު އިހުތިރާމެއް ލިބިފައިވާ، ކުރީގެ ލީޑަރު، މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް (ޑިކްޓޭޓަރެކޭ) ބުނެ ދެއްކި ވާހަކައެއްގެ ސަބަބުން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޭނާ ކުޅެމުން އަންނަ ސްޕެއިނުގެ ކްލަބް ރެއާލް މެޑްރިޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ. 

ފްރާންސްގައި ކުރިއަށްދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައިވަނީ، އޭނާ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް ގިނަ ފޮޓޯޓަކެއް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ ކަމަށެވެ. އޭގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާއި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށާއި އެ ފޮޓޯގައި ހިމެނެނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ އެވެ. 

ޗައިނާގެ ސިޔާސީ ލީޑަރަކަށް އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ޗައިނާ ދެ ބްރޭންޑަކުން ވަނީ އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފަ އެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީން ވަނީ އެމްބާޕޭ ފެންނަ އެއްވެސް ފުޓޭޖެއް ނުދައްކާއިރު، ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑް ކުޅޭ އެއްވެސް މެޗެއް ނުދައްކަން ނިންމައިފަ އެވެ. އެ މައްސަލައިގައި އަދިވެސް އެކަށޭނެ ހައްލަކަށް އާދެވިފައިނުވެ އެވެ. 

މި ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުން މޮރިނިއޯ ބުނީ، ދުނިޔޭގެ ކަންކަން މިހާރު ހުރި ހިސާބުން ބައެއް ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ކުރަން އެއްގޮަތަކަށް ވެސް ކަމުދާ ކަމެއް ނޫނެވެ. 

"މިއީ މިއަދުގެ ދުނިޔޭގައި އޮތް އެންމެ ބޮޑު ބިރު. ބައެއް ހާލަތްތަކުގައި ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ އަނގައިން ނުބުނުން. އެއީ، ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް އޭގެ ގޯސް ފަޅިއެއް އޮންނާނެ. މި ވަގުތު އަހަރެމެންނަށް ކުރެވޭނެ ކަމެއް މި ކުރަނީ،" ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން، އެމްބާޕޭ އާއި ރެއާލްގެ ކަންކަމާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ. 

ޗައިނާގެ މި ނިންމުންތަކާ ގުޅިގެން، އެމްބާޕޭ، ރެއާލް މެޑްރިޑް އަދި ސްޕެނިޝް ލީގުން ވަނީ މައާފަށް އެދިފަ އެވެ. އަދި، މިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށައިފަ އެެވެ. 

އެ ގޮތުން، އެމްބާޕޭ މައާފަށް އެދިފައި ނެރުނު ބަޔާނާ ހަވާލާދީ، ރެއާލުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ، ރެއާލްގެ ބަޔާނުގައި ބުނެފައިވަނީ، އެމްބާޕޭ ގަސްދުގައި އެއްެވެސް ބަޔަކަށް އިހުތިރާމްކުޑަކުރުމުގެ ގޮތުން ކަމެއް ނުކުރާނެ ކަމަށާއި ނޭނގުމެއްގެ ތެރޭގައި މި ހިނގައިދިޔަ ކަންތައްތައް އަވަހަށް ހައްލުވާން އެދޭ ކަމަށެވެ. 

އެ އަށް ފަހު، ސީސީޓީވީ ހިންގާ ޗައިނީސް މީޑިއާ ގްރޫޕް (ސީއެމްޖީ) އިން ބުނެފައިވަނިީ، ހިނގައިދިޔަ ކަންކަމުން ގަބޫލުކުރެވިފައި އޮތީ އެމްބާޕޭ ވަނީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް އަދާކޮށް އިންތައް ފަހަނައަޅާފައި ކަމަށެވެ. އަދި، މިކަމުގައި ރެއާލް އިން ނެރުނު ބަޔާނުގައި މިއީ އެމްބާޕޭ ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމުން ކަންކަން ތަފްސީލްކޮށްދޭން ކޮށްފައިވާ މަަސައްކަތްތައް ބަލައިގަންނަން އުނދަގޫ ކަމަށް ވެސް ސީއެމްޖީން ބުނެފައިވެ އެވެ. 

ސީއެމްޖީގެ މި ބަޔާނާ އެކު، ރެއާލުން ވަނީ އިތުރު ބަޔާނެއް ނެރެ، ޗައިނާގެ ތާރީހާއި ސަގާފަތަށް އަދި ހުރިހާ ކަމަކަށް ރެއާލުން ފުރިހަަމަ އަށް އިހުތިރާމް އަދާކުރާ ކަމަށް ބުނެފަ އެވެ. 

އެމްބާޕޭ ވާހަކަ ދައްކަައި، ހިނގައިދިޔަ ކަންކަމާ މެދު މައާފަށް އެދިފައިވުމުން، އެ އަށް ވިސްނަމުން އަންނަ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox