ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

Oct 27, 2026, 9:38 PM
ވެމްކޯ ކުޅުންތެރިން ގައުމީ ވޮލީ ލީގުގެ ތަށި އުފުލާލަނީ.

ވެމްކޯ ކުޅުންތެރިން ގައުމީ ވޮލީ ލީގުގެ ތަށި އުފުލާލަނީ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕއަންކަން ހޯދައިފި އެވެ. 

ވެމްކޯ އަށް މިދިޔަ އަހަރު ގެއްލުނީ ގައުމީ ލީގެވެ. އެ ޓީމުން އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކުރި އެވެ. މި ފަހަރުގެ ގައުމީ ލީގުގައި ފަސް ޓީމެއް ވާދަކުރިއިރު، ވެމްކޯ މޮޅުވީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދައިގެންނެވެ. 

ލީގުގެ ދެ ވަނައިގައި ނިންމި ކްލަބް އެމްޓީސީސީ އަށް ނުވަ ޕޮއިންޓް ލިބުނުއިރު، އެ ޓީމު ބަލިވީ ވެމްކޯ އަތުން އެކަންޏެވެ. ތިން ވަނަ ހޯދި ޕޮލިސް ކްލަބަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި ނިންމި ހުރާ ކޮމިއުނިޓީ ކްލަބަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ ސިޓީ ފްރެންޑްސް ކްލަބަށް ހަތަރު މެޗުން ބަލިވުމުން، ޕޮއިންޓެއް ނުލިބެ އެވެ. 

ވެމްކޯ އިން ލީގުގައި ކުޅުނު ފަހު މެޗުގައި މިއަދު ހަވީރު ނުކުތީ ޕޮލިހާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޕޮލިސް އަތުން ވެމްކޯ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު، 22-25 އިން ޕޮލިހުން ގެންދިޔަ ނަމަވެސް ދެން ކުޅުނު ތިން ސެޓު ކާމިޔާބުކޮށް ވެމްކޯ މޮޅުވީ އެވެ. އެ ގޮތުން، ވެމްކޯ އިން މި ސެޓުތައް ގެންދިޔައީ، 25-19، 25-22 އަދި 25-16 އިންނެވެ. 

ގައުމީ ވޮލީބޯޅަ ލީގުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުން ޓްރޮފީ ހިފައިގެން.
ގައުމީ ވޮލީބޯޅަ ލީގުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުން ޓްރޮފީ ހިފައިގެން.

މުބާރާތުގައި ވެމްކޯ އިން ކުރިން ކުޅުނު ތިން މެޗުގެ ނަތީޖާ އަށް ބަލާއިރު، އެމްޓީސީސީ އަތުން ވެސް މޮޅުވީ 3-1 ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 25-17، 23-25، 25-16 އަދި 25-16 އިންނެވެ. ހުރާ ކޮމިއުނިޓީ ކްލަބް އަތުން ވެސް ވެމްކޯ 3-1 ސެޓުން މޮޅުވި އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 18-25، 25-22، 10-25 އަދި 22-25 އިންނެވެ. ވެމްކޯ އިން ފުރަތަމަ މެޗުގައި ސިޓީ ފްރެެންޑްސް ކްލަބް އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ގެންދިޔައީ، 25-18، 25-21 އަދި 25-16 އިންނެވެ. 

މިއީ، ވެމްކޯ އިން ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. ބޮޑު މެދުކެނޑުމަކަށް ފަހު، 2017 ވަނަ އަހަރުގެ ފަހުން، 2024 ވަނަ އަހަރު ލީގު ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ. 

މި ފަހަރުގެ މުބާރާތުގެ ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ވަރާންޏާ ސްރިލައޫންގް އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުަމަދު އަދީލް (ބޭބެ) އެވެ. އަދި، އެންމެ މޮޅު 21 އަަހަރުން ދަށުގެ ކުޅުންތެރިއަކީ، އެމްޓީސީސީގެ ފާތިމަތު އަމާނީ އަހުމަދު ޝިޔާމް އެވެ. 

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ)، އައިމިނަތު ޝަހާ ޝާމިން، ވެމްކޯގެ ޖޫޒާން، ނަރީމާ އިދުރީސް (ނަންނި)، މައިހާ އަލީ އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހު އަދި އައިމިނަތު ރިޔާޝާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox