15 އަަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތަޖުރިބާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ފުރުސަތެއް

15 އަހަރުން ދަށުގެ ގަައުމީ ޓީމުގެ ކޯޗު ޝާކިއްޓެ، ޓީމުން މާލޭގައި ބޭއްވި ޓްރެއިނިންއެއްގެ ތެރެއިން.

15 އަހަރުން ދަށުގެ ގަައުމީ ޓީމުގެ ކޯޗު ޝާކިއްޓެ، ޓީމުން މާލޭގައި ބޭއްވި ޓްރެއިނިންއެއްގެ ތެރެއިން.

އަޒަރުބައިޖާންގައި ފެސްޓިވަލެއް ސިފައިގައި ކުރިއަށްގެންދިޔަ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ވާދަކުރަން ލިބުނު ފުރުސަތަކީ، ޒުވާން ކުޅުންތެރިންގެ ކުރިމަގަށްޓަކައި މުހިންމު ތަޖުރިބާތަކެއް ލިބިގެންދިޔަ މުބާރާތެއް ކަމަށް އެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރި، ރާއްޖޭގެ ޔޫތު ފުޓްބޯޅަ ޑިވެލޮޕްކުރުމުގެ އިސް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ. 

ހަ ބައްރުން 189 ޓީމު ވާދަކުރި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ ދިޔައީ މުޅި މުބާރާތުން 159 ވަނަ އެވެ.

ރާއްޖެ އަށް މުބާރާތުގައި ޖުމްލަ އެކު، 10 މެޗު ކުޅެން ލިބުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗުން ވަނީ އެއްވަރުކޮށްފަ އެވެ. އަދި، އަށް މެޗުން ބަލިވި އެވެ. 

ގްރޫޕް އޭގައި ވާދަކޮށް، ރާއްޖޭން ދެކުނު އެފްރިކާ އަތުން 8-0 އިން ބަލިވިއިރު، ފްރާންސް އަތުން 6-0 އިން ބަލިިވި އެވެ. ތިން ވަނަ މެޗުގައި ކޮސޯވޯއާ ކުޅެގެން ބަލިވީ 3-0 އަދި، އަންގުއިލާއާ ކުޅެގެން 3-3 އިން އެއްވަރުވިއިރު، ގްރޫޕް ފަހު މެޗުގައި 3-1 އިން އެސްޓޯނިއާ އަތުން ވީ ބައްޔެވެ. 

ގްރޫޕް ސްޓޭޖަށް ފަހު، ރާއްޖޭން ވާދަކުރަން ޖެހުނީ، ރޭންކިން ބުރުގެ ޓަޔާ އީގަ އެވެ. އެ ބުުރުގެ ގަދަ 32 ޓީމުގެ ބުރުގައި، އެސްވަޓީނީ އަތުން 3-0 އިން ބަލިވިއިރު، ގަދަ 16 ބުރުން ގުއާމް އަތުން 2-0 އިން ބަލިވި އެވެ. މި ޓަޔާގެ ކުއާޓާ ފައިނަލުގައި 8-1 ޑޮމިނިކާ އަތުން ބަލިވިއިިރު، ސެމީ ފައިނަލުގައި ޓާކްސް އެންޑް ކައިކޯސް އައިލެންޑް އަތުން 4-2 އިން ބަލިވި އެވެ. އަދި، ރޭންކިން ޓަޔާގެ ފައިނަލުގައި، ބްރިޓިޝް ވާޖީން އައިލެންޑްސް އަތުން 2-0 އިން މޮޅުވީ އެވެ. 

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނަށް، ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

ވޯލްޑް ކަޕް ލެވަލްގައި ރާއްޖޭގެ ޓީމެއް މި ގޮތަށް ކުރި ފުރަތަމަ ތަޖުރިބާއާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝާކިއްޓެ ބުނީ، ގިނަ އަދަދެއްގެ މެޗު ކުޅެލަން ލިބުމަކީ އޭގެ ނަތީޖާ ވަރަށް ރަނގަޅަށް މި މުބާރާތުން ފެނިގެންދިޔަ ކަމެއް ކަމަށެވެ. 

"ފުރަތަމަ އަސްލުގައި ގޮސްފައި ސައުތު އެފްރިކާއާ ކުޅުނީ ދިޔަ ދުވަސް ނޫން އަނެއް ދުވަހު. ކުޅުނުއިރުގައި އަހަރެމެންނަކަށް މާ ރަނގަޅަށް އެ ދަނޑަކަށް އެޑްޖަސްޓެއް ވެސް ނުވެވޭ. އާ ޓާފެއް އެއީ، އެއްވެސް ވަރަކަށް ނުކުޅެ އޮތީ، ވިނަ އެއްޗެހި ވެސް ދިގުކޮށް ހުރީ، އެހެންވީމަ، ބޯޅަ ޖަހަންވީ ވަރާއި އެ އެއްޗެހި އަހަރެމެންނަށް ކޮންމެ ވެސް ވަރަކަށް އުނދަގޫވި، ދެން ހަމަ އެއާ އެއްކޮށް މޫސުން ވެސް ވަރަށް ފިނި، އަހަރެމެން މި ކުޅުނީ 15 ޑިގްރީގައި، ދުވާލުކުޅޭއިރުގައި ވެސް. ދެން، އެހެންވީމަ ޕްލޭޔަރުންނަށް ނޭވާ ލާން އުނދަގޫވުމާއި އެކަހަލަ ކަންތައްތައް ވެސް ފުރަތަމަ މެޗުގައި ދިމާވި،" ޝާކިއްޓެ ބުންޏެވެ. 

ފަނަރަ އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފުރުސަތަކީ، މި ގޮތަށް ގޮސް ރާއްޖެ ތަމްސީލްކޮށް، ހުރިހާ ކުޅުންތެރިންގެ ވެސް ފުރަތަމަ އިންޓަނޭޝަަނަލް މުބާރާތެވެ. ޝާކިއްޓެ ބުނީ، ފުރަތަމަ އިންޓަނޭޝަނަލް މުބާރާތާ ބަލާއިރު، ވާދަކުރަން ޖެހުނީ ފުޓްބޯޅައިގެ ނިސްބަތުން ދުނިޔޭގެ ލެވަލް ވަރުގަދަ ޓީމުތަކާ ކަމަށެވެ. 

"އަހަރެމެން މި ކުޅެން ޖެހުނީ ދުނިޔޭގެ ލެވަލްގައި ވޯލްޑް ކަޕް ވެސް ކުޅޭ ގައުމުތަކާ . ސައުތު އެފްރިކާ އާއި ފްރާންސާ އެކީގައި، ދެން، ފުރަތަމަ މެޗުގައި މި ބުނާ ކަންތައްތައް ދިމާވި، އާވުމާއި ބިރުންތިބުމާ މި ކަހަލަ ކަންކަން. ދެ ވަނަ މެޗުގައި ފްރާންސް މެޗުގައި ފުރަތަމަ ހާފުގައި އެކަން ދިމާވި، އެކަމަކު ފަހު ހާފުގައި މަޑުމަޑުން އެޑްޖަސްޓް ވަމުން އައީ، މެޗަކަށް ފަހު މެޗެއް. ފްރާންސް މެޗުގައި ވެސް ހަމަ ފަހު ހާފު ވަރަށް ރަނގަޅަށް ކުޅުނު އެންމެ ގޯލެއް ފްރާންސަށް ޖެހުނީ ވެސް،" ޒުވާން ގައުމީ ޓީމުތަކުގައި ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާކިއްޓެ ބުންޏެވެ. 

"ފްރާންސް މެޗުން ފަށައިގެން ކުޅުންތެރިންނަށް ކޮންފިޑެންސް ލިބެން ފަށައިފި. ފްރާންސާ އެކު ވެސް ހިފެހެއްޓުނީމަ. އެއާ ޖެހިގެން ކޮސޯވޯ މެޗުގައި ވެސް ރަނގަޅަށް ޑިފެންސްކޮށްގެން ކޮސޯވޯ މެޗުގައި، 3-0 ދެން، އެސްޓޯނިއާއާ އެއްކޮށް 3-1. އެ ގޮތަށް މެޗަކަށް ފަހު މެޗެއް ކުޅޭ ވަރަކަށް ކޮންފިޑެންސް ލިބެމުން އިމްޕްރޫވްވަމުން ދިޔައީ،" 

ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ވެސް މި ފަހަރުގެ ވޯލްޑް ކަޕް ތަޖުރިބާ އިން ފުޓްބޯޅައިގައި މުސްތަގުބަލެއް ބިނާކުރުމަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ އެވެ. އެ ގޮތުން، ޝާކިއްޓެ ފާހަގަކުރި ގޮތުގައި، އެންމެ ބޮޑު އެއް ކަމަކަށް ކުޅުންތެރިންނަށް ދަސްވީ، އެކި ބައްރުތަކުގެ ގައުުމުތަކާ ކުޅެން ޖެހޭނީ އެކި ސްޓައިލުގެ ފުޓްބޯޅަކަން ކުޅުންތެރިންނަށް ވިސްނި އެކަމަށް ތައްޔާރުވެގެން ކުރިއަށްދާން ދަސްވާނެ ކަމަށެވެ. 

އެ ގޮތުން، އޭޝިއާގެ ޓީމުތަކާ ކުޅެން ޖެހޭ ގޮތާއި އެފްރިކާގެ ޓީމުތަކާ ކުޅެން ޖެހޭނެ ގޮތުގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ކުޅޭ ސްޓައިލުގެ ފުޓްބޯޅައިގެ ކަންކަމަށް ވިސްނައިގެން މެޗުތަކަށް ނުކުންނަން ދަސްވާނެ ކަމަށެވެ. 

"ފުރަތަަމަ ސައުތު އެފްރިކާއާ އެކު ކުޅުނުއިރު، އެފްރިކާގެ ކަންކަން ދެން، ފްރާންސްއާ ކުޅުނީ އެއީ ޔޫރަޕްތާ، ދެން ކޮސޯވޯ ފަދަ ޓީމުތަކާ ކުޅުނުއިރު، ތެޅިގަނެގެން އައިސް ކުޅޭކަށެއް ނޫޅޭ ވަރަށް އޮގަނައިޒް ފުޓްބޯޅައެއް ކުޅެނީ. ބޯޅަ ބާއްވައިގެން ކުޅެ ކަމެއް ކުރަން އުޅޭކަން އެނގޭ. ޕެޓާނެއް ހެން ކުޅޭކަން އެނގޭ. އެކަމަކު، އެފްރިކާ ޓީމުތައް ފިޒިކަލީ ވަރުގަދަ ވެފައި، ސްޕީޑާ މި ކަހަލަ ކަންކަން ބޭނުންކޮށްގެން މި ކުޅެނީ، އަރައިގަނެގެން ގޯލު ޖަހާ ސްޓައިލެއް މި ހުންނަނީ. އަހަރެމެންނަށް ދަސްވި އެ މީހުންނާ އެކު ކުޅެންވީ ގޮތާއި ޔޫރަޕްގެ ޓީމުތަކާ ކުޅެންވީ ގޮތާއި މި ކަންކަމުގައި މި ހުރި ތަފާތުކަން. މިއީ ވެސް އެ މީހުންނަށް ވަރަށް ބޮޑު އެކްސްޕީރިއަންސަކަށް ވާނީ. އެކި ބައްރުތަކާ ކުޅޭއިރު ވާން ޖެހޭނެ ގޮތް ވެސް ދަސްވެގެންދިޔަ. އެ ކަހަލަ ބައިވަރު ކަންކަން ދަސްވެގެންދިޔަ މުބާރާތެއް މިއީ،" ޝާކިއްޓެ ބުންޏެވެ. 

މި ފަހަރުގެ މުބާރާތުގައި ކުޅުނީ، 2011 އާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހުނެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނާފައިވެ އެވެ. 

ފީފާގެ ފަންޑެއްގެ ތެރެއިން ހިންގާ 15 އަހަރުން ދަށުގެ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ލެވަލްގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ. އަދި، ފުޓްބޯޅައިގެ ކޮންމެ ހުނަރަކަށް ކުރިއަށްދިއުުމުގެ މަގު ކޮށައިދިނުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ. 

މި މުބާރާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރު އިންފްރާސްޓްރަކްޗާ ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކުގަ އެވެ. އެކި ފޭސްތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދިއުމަށް ފީފާ އިން ވަނީ ޕްލޭނެއް ހަދައިފަ އެވެ.

އެ ގޮތުން، މި އަހަރުގެ މުބާރާތް އޮތީ ފިރިހެން ކުދިންނަށް ހާއްސަކޮށެވެ. އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ އަންހެން ކުދިންގެ މެދުގަ އެވެ. އަދި، މި އުސޫލުގެ ތެރެއިން ކުރިއަށް ގެންގޮސް، 2028 އިން ފެށިގެން، ދެން އޮންނާނީ، އަންހެން އަދި ފިިރިހެން މުބާރާތް ވަކިވަކިން ބަހާލައިގެން، މެމްބަރު ގައުމުތަކަށް ދައުވަތު ދޭ އުސޫލުންނެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox