ކްލަބް އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

Oct 26, 2026, 7:00 AM
ގައުމީ ލީގުގެ ދެ ވަނަ ހޯދި ޕޮލިސް ކްލަބްގެ ކުޅުންތެރިން އެ މުބާރާތުގެ މެޑަލާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ލީގުގެ ދެ ވަނަ ހޯދި ޕޮލިސް ކްލަބްގެ ކުޅުންތެރިން އެ މުބާރާތުގެ މެޑަލާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ތިން ވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް ފަހު މެޗުގައި، ޕޮލިހުން އެޗްޑީސީގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. މިއާ އެކު، މާދަމާރޭ ކުޅޭ ފައިނަލުގައި ޕޮލިހުން ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ސިފައިން ވަނީ ފުރަތަމަ ސެމީ ފައިނަލުގައި ފޯރިގަދަ މެޗަކަށް ފަހު 3-2 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ. 

ރޭގެ ސެމީ ފައިނަލުގައި، ޕޮލިހުން ވަނީ ފުރަތަމަ ސެޓުން ފެށިގެން ހިތްވަރު ގަދަ ކުޅުމެއް ދައްކަން ފަށައިފަ އެވެ. އެ ގޮތުން، ރަނގަޅު ފޯމެއްގައި ފަށައި، ޕޮލިހުން ވަނީ ފުރަތަމަ ދެ ސެޓު ގެންގޮސްފަ އެވެ. ޕޮލިހުން މި ސެޓުތައް ގެންގޮސްފައިވަނީ، 24-26، 21-25 އިންނެވެ. 

Advertisement

ގައުމީ ލީގުގައި ވެސް ތިން ވަނަ ހޯދި ކްލަބް އެޗްޑީސީގެ ކޯޗުކަމުން އެ މުބާރާތަށް ފަހު މުހައްމަދު ސާޖިދު (ކާއްޓެ) ވަކިވެ، ގައުމީ މުބާރާތަށް މުހައްމަދު ޝަރަފް އަށް އެޗްޑީސީގެ ކޯޗުކަން ދިންއިރު، ތިން ވަނަ ސެމީގެ ތިން ވަނަ ސެޓު އެޗްޑީސީން ގެންދިޔަ އެވެ. އެއީ، 25-20 އިންނެވެ. އެކަމަކު، ހަތަރު ވަނަ ސެޓުގައި ރަނގަޅު ކުޅުން ތަކުރާރު ނުކުރެވި، ޕޮލިހުން ވަނީ މި ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ޕޮލިހުން ހަތަރު ވަނަ ސެޓު ގެންދިޔައީ، 18-25 އިންނެވެ. 

އެޗްޑީސީގެ ތަރި، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފަ އެެވެ. 

ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ސިފައިން މި ފަހަރުގެ ލީގުގައި ވެސް ވަނީ ޕޮލިސް އަތުން މޮޅުވެފަ އެވެ. އެ ގޮތުން، ލީގުގައި ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެކަމަކު، ގައުމީ މުބާރާތުގެ ސެމީ ފުރަތަމަ މެޗުގައި ފަސް ސެޓަށް ގޮސްގެން ނަތީޖާ ނެރެން ޖެހުމުން، ގައުމީ ފައިނަލް ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox