އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: މުހައްމަދު ޝާބިން

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: މުހައްމަދު ޝާބިން

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ. 

އެމްޑީޕީން ނޮވެމްބަރު 27، ގައި ބާއްވާ ގައުމީ މަޖިލިސް އިންތިހާބަކީ އެ ޕާޓީން އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. ގައުމީ މަޖިލީހުގެ އިތުރުން ބައެއް އެހެން މަގާމުތަކުގެ އިންތިހާބަށް ވެސް އެމްޑީޕީން ހުޅުވާލި އެވެ. 

އިންތިހާބަށް ހުޅުވާލި މަގާމުތައް

  • އަތޮޅު އަދި ސިޓީތަކުގެ އިންތިހާބުކުރާ ގައުމީ މަޖިލިސް މެންބަރުން: މި މަގާމުތަކަށް ވޯޓުލާނީ އަތޮޅާއި ސިޓިތަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން
  • ރަށު އަދި ސިޓިތަކުގެ ދާއިދާ ގައުމީ މަޖިލިސް މެންބަރުން: ކޮންމެ ރަށަކުން އެއް މެންބަރުން، 500 އަށްވުރެ އިތުރުވާނަމަ އިތުރު އެކެއް އަދި 1000 އަށްވުރެ އިތުރުވާނަމަ އިތުރު 1 މެންބަރުން. ކޮންމެ ސިޓީއެއްގެ އިންތިހާބީ ދާއިރާއަކުން 2 މެންބަރުން، 500 އަށްވުރެ އިތުރުވެއްޖެނަމަ އިތުރު އެކެއް އަދި 1000 އަށްވުރެ އިތުރުވާނަމަ އިތުރު 1 މެންބަރުން.
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުން

އެ މަގާމުތަމުގެ ތެރެއިން ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ މެންބަރުން 1,000ރ. ގެ އިދާރީ ފީއެއް އެމްޑީޕީއަށް ދައްކަން ޖެހެ އެވެ. 

ނޮވެމްބަރު 27، ގައި އިންތިހާބުގައި ވޯޓުލުން މެންދުރު 14:30 އިން ރޭގަނޑު 20:30 އަށް ކުރިއަށްގެންގޮސް ވަގުތީ ނަތީޖާ އިއުލާންކުރަން ވަނީ ރާވާފަ އެވެ. އެއަށްފަހު ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ވަނީ ހަމަޖެހިފަ އެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރު 20، ގެ 14:00 ޖަހަންދެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox