އެމްޑީޕީގެ ރަސްމީ އެޕް "ޔެލޯ" އިފްތިތާހުކޮށްފި

އެމްޑީޕީ ކޮންގްރެސް 2026

އެމްޑީޕީ ކޮންގްރެސް 2026

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރަސްމީ ޕާޓީ، "ޔެލޯ" މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގެ ތެރެއިން މިއަދު އިފްތިތާހުކޮށްފި އެވެ.

އެމްޑީޕީން ބުނި ގޮތުގައި މި އެޕަކީ އެ ޕާޓީގެ މެންބަރުންނާ ހަމައަށް ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތާއި އެހެނިހެން ކަންކަން ފަސޭހައިން ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށެވެ.

""ޔެލޯ އެޕް ވެގެންދާނީ ޕާޓީގެ އިދާރީ ކަންކަމާއި، މެންބަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ޕާޓީގެ މެންބަރުންގެ ގުޅުން ބަދަހިކޮށް މަޝްވަރާކުރުމަށް ބޭނުންކުރެވޭނެ އެޕެއް،" އެމްޑީޕީީން ބުންޏެވެ.

"ޔެލޯ" އަކީ އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އައިޑީ ކާޑު ނަމްބަރު ޖަހައިގެން ލޮގިން ކުރެވޭ އެޕެކެވެ. އަދި ޕާޓީގެ މެންބަރެއް ނޫން ނަމަ، އެޕަށް ލޮގިން ވާން އިންން ވިންޑޯގެ ތެރެއިން އެ ޕާޓީގެ މެންބަރަކަށް ވާން ހުށަހެޅެ އެވެ.

އެމްޑީޕީގެ އެޕްގައި ހިމެނޭ ފީޗާތަކުގެ ތެރޭގައި މެންބަރުންގެ ޑިޖިޓަލް ކާޑާއި، އެ މީހަކު ނިސްބަތްވާ ގޮފީގެ މައުލޫމާތާއި، ޕާޓީގެ ހަބަރުތަކުގެ އިތުރުން ކުރިއަަށް ހުރި ޕާޓީގެ ހަރަކާތްތަކުގެ ކަލަންޑަރު ހިމެނެ އެވެ. އަދި އެޕުގައި ހިމެނޭ ކޮމިއުނިޓީ ޗެޓު ފީޗާއާއެކީ، މެންބަރުންނާއި، ގޮފިތަކާއި، ކޮމިޓީތައް ގުޅުވާލަދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ. 

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ، އަދި މި ވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގައި 55،399 މެންބަރުން އެބަތިއްބެވެ. 

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ ފަސް ވަނަ ގައުމީ ކޮންގްރެސް އެވެ. މި ފަހަރުގެ ކޮންގްރެސްގައި 986 މަންދޫބުން ބައިވެރިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox