ރައްޔިތުންގެ ހައްގަށްވުރެ ވެރި މީހާގެ ހައްގުތައް ގިނަވީމާ ނިޒާމާމެދު ވިސްނަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ބޮޑު ބަދަލުގެ ބޭނުމަކީ ވެރި މީހާގެ ބާރު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ބޮޑު ބަދަލުގެ ބޭނުމަކީ ވެރި މީހާގެ ބާރު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ ހައްގުތަކަށްވުރެ ބޮޑަށް ވެރިމީހާގެ ހައްގުތައް ގިނަވީމާ މިހާރު ރާއްޖޭގައި އޮތް ނިޒާމާމެދު ވިސްނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ކުރިއަށްގެންދާ ކޮންގްރެސްއަށް ބޮޑުބަދަލު ސިޔާސަތު ހުށަހަޅުއްވަމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ނަގައި ގާނޫނުއަސާސީގެ ހުރިހާ ޗެކްސް އެންޑް ބެލެންސެސްގެ މަހްފޫމްތައް ދުއްވާލާފައިވާ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީގެ ސަރުކާރުން ނަގައި ގާނޫނުއަސާސީގައި އެހެރަ ހުރިހާ ޗެކްސް އެންޑް ބެލެންސެސްގެ މަހްފޫމްތައް ދުއްވާލާ ވެރިމީހާގެ ހައްގުތައް މި އޮންނަނީ. ރައްޔިތުންގެ ހައްގުތަކެއް ނޫން. އެހެންވީމަ މި ނިޒާމާމެދު އަޅުގަނޑުމެން ވިސްނަން ޖެހެނީ،" ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ތިން ބާރު ވަކިކުރިއިރު އެންމެ ބޮޑަށް އުންމީދުކުރީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޑިމޮކްރަސީ ގަބޫލުނުކުރާ ބަޔަކަށް ވެރިކަން ލިބޭ ކޮންމެ ފަހަރު މުޅި ނިޒާމު އެއްކޮށް ގަނޑުބަނޑު ކުރާތަން ފެންނަމުންދާ ކަމަށެވެ. 

"މިއުޅެނީ ނިޒާމީ އިންތިޒާމާމެދު އަލުން ވިސްނަން. މިހާރު އޮތްގޮތުން ވެއްޖެއްޔާ އަޅުގަނޑުމެންނަކަށް ދައުލަތުގައި މިހިރަ ޗެކްސް އެންޑް ބެލެންސެސްއެއް  މަސައްކަތެއް ނުކުރޭ. އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައި މިއޮތީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ތިން ބާރު ވަކި ކުރިއިރުގައި އުންމީދުކުރީ ރައްޔިތުންގެ މަޖިލިސްއަކީ މި ގާނޫނުއަސާސީ ހިފަހައްޓާނެ ފަރާތްތައް ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާނީ ރައްޔިތުންގެ މަޖިލިސް އިން ކަމަށް. ސަރުކާރު އޮބަހައްޓާ ހިފަހައްޓާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް. އެހެންނަމަވެސް އާހިރުގައި ކަން މިވާ ގޮތަކީ ޑިމޮކްރަސީ ގަބޫލުނުކުރާ ބަޔަކަށް ވެރިކަން އެބަ ލިބޭ އެކިއެކި ސަބަބުތަކަށްޓަކައި. އެ ލިބޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް މި ދިމާވަނީ މުޅި ނިޒާމު އެއްކޮށް ގަނޑުބަނޑު ކޮށްލާތަން މި ފެންނަނީ."

ބޮޑު ބަދަލުގެ ބޭނުމަކީ ސަރުކާރުގެ ބާރު ކުޑަކުރުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެ ސިޔާސަތުގެ ދަށުން ދައުލަތާއި ސަރުކާރު ވަކިކޮށް ވެރިން ކަނޑައެޅޭނެ ކަމަށެވެ. އެއީ ބަރުލަމާނީ ނިޒާމު ނޫން ކަމަށާއި އެ ސިޔާސަތުގެ ދަށުން ސަރުކާރު އިންތިހާބު ކުރާއިރު، ދައުލަތުގެ ވެރިޔާ ކަނޑައަޅާނީ މަޖިލީހުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮޑު ބަދަލު ސިޔާސަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުން ހިމެނެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox