އަނިޔާވެރިކަމާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް އައްޑަނައަކީ އެމްޑީޕީ: ފައްޔާޒް

Oct 3, 2026, 11:44 PM
ފައްޔާޒް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ހުދުމުހުތާރުވާން ޖާގަ ލިބެނީ ނިޒާމުގެ ސަބަބުން ކަމަށް -- ފޮޓޯ: އަދަދު

ފައްޔާޒް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ހުދުމުހުތާރުވާން ޖާގަ ލިބެނީ ނިޒާމުގެ ސަބަބުން ކަމަށް -- ފޮޓޯ: އަދަދު

އަނިޔާވެރިކަމާއި ހުދުމުހުތާރުކަމާއި ދިވެހި ރައްޔިތުންނާ ދެމެދު އޮންނަ އައްޑަނައަކީ އަބަދުވެސް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ކަމަށް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މި ސަރުކާރުން ތިން ބާރު މަސްހުނިކޮށް، ހުދުމުހުތާރުކަން އިސްކޮށްފައިވާ ކަމަށް އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ފައްޔާޒް ވިދާޅުވި އެވެ. 

"ތިން ބާރެއް ވަތްކެއް ނުވި، ތިން ބާރު އޮތީ ތަޅުލެވިފައި. އަޅުގަނޑުމެންގެ ހައްގުތައް މި ދަނީ ނިގުޅައިގަނެވެމުން. އަޅުގަނޑުމެން ކުރި އުއްމީދުގައި ޖެހެމުން އައި ކުލަ މި ދަނީ ފަނޑުވަމުން، ގެއްލެމުން. މިއަދު އަޅުގަނޑުމެން މި ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި،" ފައްޔާޒް ވިދާޅުވި އެވެ. 

"މިއަދުގެ ހާލަކީ، އިސްރާފާއި ކޮރަޕްޝަނާއި ނޭއްގާނީކަން މިއޮތީ އިންތިހާއަށް ގޮސްފައި."

ފައްޔާޒް ވިދާޅުވީ، އެފަދަ އަނިޔާވެރިކަމާއި ރައްޔިތުންނާ ދެމެދު އޮންނަ އައްޑަނައަކީ އަބަދުވެސް އެމްޑީޕީ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމުގައި އެމްޑީޕީ އިން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ފައްޔާޒް ދެއްވި އެވެ. 

"ހުދުމުހުތާރު ވެރިކަމާ އަނިޔާވެރިކަމާ ދިވެހި ރައްޔިތުންނާ ދެމެދުގައި އޮންނަ އައްޑަނައަކީ އަބަދުވެސް އެމްޑީޕީ. ދެން އޮންނާނީ ވެސް ހަމަ އެމްޑީޕީ ދިވެހި ރައްޔިތުން އެކަމުން ސަލާމަތް ކުރަން. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން ދިވެހިރައްޔިތުންނަށް އެ އަނިޔާ ދޭއިރުގައި، މި ގައުމު ހަލާކު ކުރާއިރުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ. 

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގައުމުގެ ކަންކަން މިހާ ބޮޑަށް ބޮއްސުންލައިގެން ދިޔުމުގައި ގައުމު ހިންގާ ގޮތުގެ ނިޒާމް ރޯލެއް އަދާ ކުރާ ކަމަށެވެ. 

"ޑޮލަރަށް ޖެހިއްޖެ، ކާޑަށް ޖެހިއްޖެ، ބޭހަށް ޖެހިއްޖެ، ނުޖެހޭ އެއްޗެއް ނެތް. މި ހާލަތަށް އަޅުގަނޑުމެން ވެއްޓުނީމާ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ކިހިނެތްބާވައޭ މި ވަނީ. ނިޒާމުގެ މައްސަލައެއްބާވައޭ މިއީ ނޫނީ ވެރިޔާގެ މައްސަލައެއްބާވައޭ. އަޅުގަނޑު ދަންނަވާނީ ނިޒާމުގެ މައްސަލައެކޭ،" ފައްޔާޒް ވިދާޅުވި އެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ވަނީ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ފާސްކޮށްފަ އެވެ. "ބޮޑު ބަދަލު" ގެ ނަމުގައި އެ ކަރުދާސް ހުށަހެޅުއްވީ ފައްޔާޒް އެވެ. 

އެ ކަރުދާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު އިންތިހާބު ކުރުމެވެ. އެ ކަރުދާހުގައިވާ ގޮތުން، ސަރުކާރުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ކައުންސިލްތަކުން ނަގާ ވޯޓަކުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox