މުއިއްޒަކީ އަމިއްލަ ނަފުސަށް އިތުބާރު ނެތް، ދެ މޫނުގެ ވެރިއެއް ކަމަށް ޔާމީން ވިދާޅުވެއްޖެ

ރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: އެ ބައްދަލުވުމުގައި ޔާމީން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ފޮޓޯ: ޕީއެންއެފް

ރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: އެ ބައްދަލުވުމުގައި ޔާމީން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ފޮޓޯ: ޕީއެންއެފް

ރައީސް މުހައްމަދު މުއިއްޒަކީ އަމިއްލަ ނަފުސަށް އިތުބާރު ނެތް، ދެ މޫނުގެ ވެރިއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. 

ޕީޕަލްސް ނެޝަނަލް ފްރަންޓުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ދޮގުނުހަދާކަން ނުވަތަ ތިމަންމަނިކުފާނަކީ މުނާފިގެއް ނޫންކަން ސާބިތުކޮށްދެއްވަން މުއިއްޒު މަސައްކަތް ކުރައްވާ ކަމަށެވެ. 

"މިއީކީ ދިވެހިރާއްޖޭގައި އަލަކަށް ރައީސްކަން ކުރައްވާ ލީޑަރެއް ނޫން. އެތައް ރައީސުންނެއް ހިނގައްޖެ މީނަގެ ކުރިން ވެސް އެނގޭތޯ. މި ނޫނިއްޔާ އަޅުގަނޑެއް އަޑެއް ނާހަން އެނގޭތޯ ރައީސަކު އަރާ ތިމަންނަ މިއީކީ މުނާފިގެއް ނޫނޭ، ތިމަންނަ މިއީކީ އަމިއްލައަށް މި ބުނަނީ ތިމަންނަ މިއީކީ ދޮގު ހަދާ މީހެއް ނޫނޭ، ތިމަންނަ ވައުދެއް ވެއްޖެއްޔާ ވައުދެއް ފުއްދާނަމޭ މި ނޫން މީހަކު ނުބުނޭ،" ޔާމީން ވިދާޅުވި އެވެ. 

އެފަދަ ކަންކަން ސާބިތުކޮށްދޭން މުއިއްޒު އުޅުއްވަނީ އެމަނިކުފާނުގެ އިންސެކިއުރިޓީސްގެ ސަބަބުން ނުވަތަ އަމިއްލަ ނަފުސަށް އިތުބާރު ނެތުމުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވި އެވެ. 

"އެއިން އެ ފެންނަނީ އޭނަގެ އިންސެކިއުރިޓީ. ނޫނީ އޭނަގެ ސެކަންޑް ފޭސް. ނޫނީ ޑަބަލްފޭސްޑްނަސް. ދެ މޫނުގެ އަހުލުވެރިޔެއްކަން އެނގޭތޯ. އެހެންނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާއަކު ގައުމާ މުހާތަބުކޮށް ދައްކާ ވާހަކައެއް ނޫނޭ. ރައްޔިތުންނެއް އިންތިޒާރެއް ނުކުރޭ ފަހަރުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަ މީހަކު ރައްޔިތުންނަށް ދޮގު ހަދާފާނެ ކަމަށް. އަނެއްކާ ދޮގު މަތީ ދެމިހުންނަފާނެ ކަމަކަށް. ރައްޔިތުންނަށް ކެހި ދީފާނެ ކަމަކަށް. ރައްޔިތުންގެ މަސްލަހަތު ގެއްލޭ ކަންކަން ކޮށްފާނެ ކަމަކަށް އެނގޭތޯ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒަކީ ދެއްކުންތެރި ބޭފުޅެއް ކަމަށް ވެސް ރޭ ޔާމީން ވިދާޅުވި އެވެ. 

"މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އަހުލިއްޔަތު ގެއްލޭ ކަންކަން ހައްތަހާވެސް މި ހުންނަނީ. އެކަމަކު މި ނޫން ރައީސަކު އަމިއްލައަކަށް އަރާ ޕަބްލިކްގައި ނުބުނެއޭ ތިމަންނައެއް ދޮގެއް ނަހަދާނެއޭ. ތިމަންނައަކީ މުނާފިގެއް ނޫނޭ. އެހެންވީމަ މިއުޅެނީ މީނަގެ މައްސަލަތަކެއް ދެއްތޯ.  ދެއްކުންތެރިކަމުގެ ގޮތުން ނަމަވެސް މިއުޅެނީ އެނގޭތޯ. މިހާރު އެ ނުކުންނަނީ މީނަ ހިތުގައި އެތެރޭގައި އޮތް އެއްޗެއް އެނގޭތޯ ﷲ އެ މިންވަރުކުރައްވަނީ ރައްޔިތުންނަށް އެނގެން. އެހެން ނޫނިއްޔާ މިކަހަލަ ވާހަކައެއް ނުދައްކާނެ. އެއީ އެނގޭތޯ އަޅުގަނޑުމެންނަށް އެބަ ފެނޭ މީނަ އާއި މީނަގެ އާރުކާޓީ،" ޔާމީން ވިދާޅުވި އެވެ. 

ޔާމީން އާއި ސަރުކާރާ ދެމެދު މި ދުވަސްވަރު ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ. ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން މި މަހު ބޭއްވި ޖަލްސާއެއްގައި ޔާމީންއާ ދިމާލަށް ވަރަށް ހުތުރުކޮށް ވަނީ އެއްޗެހި ކިޔައިފަ އެވެ. 

އެ ޖަލްސާ ސިފަ ކުރައްވަމުން ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު ރާޝީދާ ޔޫސުފް ވިދާޅީ އެ ދުވަހު ޕޯޑިއަމަށް އެރި ޕީއެންސީ މެންބަރުން ރައީސް ޔާމީންއާ މުހާތަބު ކުރައްވާ ވާހަކަ ދެއްކީ "އެންމެ ހުތުރު ބަހުން" އަދި "އެންމެ ދަށު ދަރަޖައިގެ އިބާރާތުން" ކަމަށެވެ. 

"2026 އައިއިރު [ޕީއެންސީގެ] މުޅިން ރާގު ބަދަލުވެއްޖެ. ބަހުރު އަދި އެއަށް ވުރެ ހުތުރުވެއްޖެ. މި ދައްކަނީ ގައުމެއްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ވާހަކަ. ދިވެހި ބަހުން މުހާތަބު ކުރެވޭނެ އެންމެ ހުތުރު ބަހުން، އެންމެ ދަށު ދަރަޖައިގެ އިބާރާތުން ރައީސް ޔާމީންއަށް މަލާމާތް ކުރާ އަޑު ގަދަވެއްޖެ. މަޖިލިސް މެންބަރުން ވެސް ހަމަ އެފަދަ،" ފޭސްބުކްގައި ރާޝިދާ ވިދާޅުވެފައިވެ އެވެ. 

އޭގެ ފަހުން ޔާމީންއަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް ހާޒިރުވާން އެމަނިކުފާނަށް ވަނީ ޗިޓެއް ފޮނުވައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުން އޮންނާނީ އަންނަ އަންގާރަ ދުވަހެވެ. 

ޔާމީންއަށް އެ ދެ ދައުވާ ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ވިއްކާލުމުގެ މުއާމަލާތް ހިންގުމަށްޓަކައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށް ބުނެ އެވެ. ދައުލަތުން ބުނަނީ ޔާމީން އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށްލުމަށްފަހު ލޯންޑާ ކުރީ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox