އިންޑިއާގެ ދަރަނި ދެއްކުމަށްފަހު ހުތުބާގައި މިއަދު ދަރަނި ނެގުމުގެ ގޯސް ވާހަކަ

Sep 18, 2026, 1:20 PM
ރައީސް މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ

ރައީސް މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ

އިއްޔެ އިންޑިއާއަށް ދައްކަންޖެހުނު 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށްފަހު، އިސްލާމިކް މިނިސްޓްރީ އިން މިއަދު ތައްޔާރު ކުރި ހުކުރު ހުތުބާގައި ބޭނުމެއް ނެތި ދަރަނި ނެގުމުގެ ގޯސް ވާހަކަ ދައްކައިފި އެވެ. 

އިއްޔެ ދެއްކީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ސަރުކާރުން ޓީބިލް ވިއްކައިގެން ބަޖެޓު ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ އެންމެ ފަހު ޕޭމަންޓެވެ. މި ލޯނުގެ ފަހު ދެ ޕޭމަންޓު މި ސަރުކާރުން ވަނީ ރޯލްއޯވާކޮށްގެން ފަސްކޮށްފަ އެވެ. 

ބޭނުމެއް ނެތި ދަރަނި ނެގުމާއި ދަރަނި ދެއްކޭނެ ގޮތެއް ނެތި ދަރަނި ނެގުމުގެ ނުބައިކަމާމެދު މިއަދުގެ ހުކުރު ހުތުބާގައި ވަނީ އިންޒާރުކޮށްފަ އެވެ. 

"މުދަލާމެދު އަހަރުމެން ފިކުރު ކުރާއިރު ވިސްނާލަންޖެހޭ އަނެއް ކަމަކީ ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނެ ގޮތެއް ވެސް ނެތި ދަރަނި ނެގުމުގައި ހައްދު ފަހަނައަޅައި ދިޔުމުގެ މައްސަލަ. ދަރަނީގެ މުއާމަލާތަކީ އެއާމެދު އަހަރުމެން ސަމާލުވާންޖެހޭ ކަމެއް،" ހުތުބާގައި ބުންޏެވެ. 

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށްފަހު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ވަނީ އުފާ ފާޅުކޮށްފަ އެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އޮފިޝަލުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދެއްކި އެވެ. 

ނަމަވެސް އެ ދަރަނި އަދާކުރުމުން ދައުލަތުގެ ރިޒާވް މައިނަސްވެފައިވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ދަރަނި ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ޑޮލަރު ބޭނުންކޮށްގެން ކަމަށެވެ. 

އެއާއެކު، ވިޔަފާރިވެރިން މުދާ ގަންނަން ބޭރަށް ޑޮލަރު ނުފޮނުވޭކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އަދި ވިޔަފާރިވެރިންގެ އަމިއްލަ ޑޮލަރު ސަރުކާރުގެ ބޭނުމަކަށް ނަގާފައިވާ ކަމަށް ބޭންކުން އަންގަމުންދާ ބުނެ ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

"ދައުލަތުގެ ރިޒާވްގައި އެއްވެސް މިންވަރަކަށް ޑޮލަރު ނެތް. ޓީ-ބިލްގެ 50 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާއިން. ވިޔަފާރިވެރިން، އާންމުން ތަކެތި ގަންނަން ބީއެމްއެލްއަށް ޑޮލަރު ޖަމާކުރީމަ އެ ޑޮލަރު ސަޕްލަޔަރުންނަށް ނުދަނީ ސަރުކާރުން އެ ފައިސާ ނަގާތީ،" ނަޝީދު ވިދާޅުވި އެވެ. 

ދަރަނި ނެގުމުގެ ގޯސް ވާހަކަ މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރިއިރު، އިންޑިއާގެ ފަރާތުން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރިމެންޓެއްގައި އޯގަސްޓް، 2024، ގައި ސޮއިކޮށްފަ އެވެ. އޭގެ ފަހުން އޮކްޓޯބަރު، 2024، ގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި ވެސް ސަރުކާރުން ސޮއި ކުރި އެވެ. 

ސެޕްޓެމްބަރު، 2024، ގައި ޗައިނާއަށް ދައްކަންޖެހޭ 75 މިލިއަން ޑޮލަރު ރިފައިނޭންސް ކުރުމުގެ އެގްރިމެންޓެއް ވަނީ ހަދައިފަ އެވެ. ލޯނު ރިފައިނޭންސް ކުރުމަކީ އެއީ ލޯނު ދައްކަން އާ ލޯނެއް ނެގުމެވެ. 

އޭގެ އިތުރުން، ދަރަނި ހޯދުމަށް މި ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެމެޖެންސީ ލޯނެއް ނަމަވެސް ހަމަޖައްސައިދެއްވުމަށް އެދި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، އޮމާން، ކުވެއިތު އަދި ގަތަރަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ސިޓީ ފޮނުއްވައިފަ އެވެ. ބަންގްލަދޭޝް އަތުން ފައިސާ ހޯދަން ވެސް މި ސަރުކާރުން މަސައްކަތްކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox