ވެރިކަން ދެބައިވިއިރު ވެސް ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަ ހައްލު ނުކުރެވޭކަން ރައީސް ގަބޫލުކުރައްވައިފި

Sep 18, 2026, 10:29 AM
އިއްޔެ ގެނެސްދިން ޕްރޮގްރާމުގެ ތެރެއިން: ބޭހުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ މީގެ އަހަރެއް ކުރިން ދައުލަތުން ވަނީ ކުންފުންޏެއް އުފައްދައިފަ -- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ގެނެސްދިން ޕްރޮގްރާމުގެ ތެރެއިން: ބޭހުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ މީގެ އަހަރެއް ކުރިން ދައުލަތުން ވަނީ ކުންފުންޏެއް އުފައްދައިފަ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ދެބައިވެގެންދިޔައިރު ވެސް ރައްޔިތުންނަށް ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރެވިފައިނުވާކަން އެމަނިކުފާނު ގަބޫލު ކުރައްވައިފި އެވެ. 

ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރައްވާ މުއިއްޒު ވާހަކަ ދެއްކެވީ، ރައީސް އޮފީހުން ރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ވީޑިއޯ ޕްރޮގްރާމުގަ އެވެ. އެ ޕްރޮގްރާމަށް އައި އާންމު ރައްޔިތަކު ވަނީ އޭނާ ދިރިއުޅޭ ހާލާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭސްތައް ނުލިބޭ ވާހަކަ ރައީސް ކައިރީ ބުނެފަ އެވެ.

"ދެން މި އޮތީ ބުނެލަން ބޭހުގެ ވާހަކަ. ވަރަށް ދަތި، ވަރަށް ދަތި. އަޅުގަނޑު އަންހެނުންނަކީ ހަކުރު މައްޗަށްދާ މީހެއް. ޕްރެޝަރު އެބަހުރި. މައިބަދައިގެ ދެ ޑިސްކު ހަލާކުވެފަ. ޑރ. ނިޔާފްމެންނަށް ދައްކައިގެން ފިޒިއޯ ހަދައިގެން ނާރުގެ ބޭހެއް ކަމުން އެ ދަނީ އަންހެނުން. މި ދޭތެރެއިން ހަމަ ތިން މަސް ހަމަވެގެން ދައްކައިގެން ދިން ނާރުގެ ބޭހެއް ނުލިބިގެން އެންމެފަހުން ރަހުމަތްތެރިއަކު އިންޑިއާ ކޮޅުން އައިއިރު އޭނައަށް ފޮނުވައިގެން މި ގެންނަން ޖެހުނީ،" އޭނާ ބުންޏެވެ. 

"އަދިވެސް ހަމަ ބޭހުގެ ކަންތަކުގައި ކުރިއަށް އަހަރުމެން ދިވެހި ރައްޔިތުންނަކަށް ނުލިބޭ. ވަރަށް ދަތިކޮށް މި ދަނީ ބޭހުގެ ކަންތައް." 

އޭނާ އެ ވާހަކަ އެގޮތަށް ދެއްކުމުން ގަނޑެއްގައި އެއްޗެއް ނޯޓު ކޮށްލެއްވުމަށްފަހު މުއިއްޒު ވިދާޅުވީ "ގަބޫލު ކުރަން" ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އާންމު މީހާގެ ހުރިހާ ޝަކުވާތަކެއް ބަންޑުން ޖަހާލުމުން "އިރާދަކުރެއްވިއްޔާ ތި ހުރިހާ ކަމެއް ވެސް ހައްލުކޮށްދެއްވަން މަސައްކަތް ކުރާނަން" ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ރާއްޖޭގައި ބޭސް ލިބުން މިހާ ބޮޑަށް ދަތިވެފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ. އެކަން ފެށުނީ ވެރިކަމުގެ ފުރަތަމަ ކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިއުލާނު ކުރެއްވި އިންޑިއާއާ ދުރުވުމުގެ މަގުޗާޓަށްފަހު އެވެ. މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުމަށެވެ. 

"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" ޖެނުއަރީ 13، 2024، ގައި މުއިއްޒު ވިދާޅުވި އެވެ.

އޭގެ ފަހުން ބޭހުގެ މައްސަލަ ބޮޑުވުމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ދިމާވަނީ ބޭހުގެ ވިޔަފާރި ކުރާ މީހުން ގަސްދުގައި ބޭސް އެތެރެނުކޮށް ދަތި ކުރާތީ ކަމަށެވެ. 

"އެހެންވީމާ، އެކަން [ބޭހުގެ އަގުތައް] ރަނގަޅުކުރަން، އަޅުގަނޑުމެން އަގުތައް ކެޕްކޮށްލީ. ކުޑަކޮށްލީ. ކުޑަކޮށްލީމާ، މީގެ ރިޕަކަޝަނެއް ގޮތުގައި، ބައެއް ވިޔަފާރިވެރިން، ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް. އެކަމަކު ހަގީގަތް ދަންނަވާލަން. ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް. ހަމަ ޗޯކް ކޮށްލަންވެގެން. ހުއްޓާލީމާ ތާށިތަކެއް ދިމާވީ،" މެއި 3، 2025، ގައި މުއިއްޒު ވިދާޅުވި އެވެ. 

އެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 9، 2025، ގައި ސްޓޭޓް ފާމާގެ ނަމުގައި ދައުލަތުގެ ބޭސް ކުންފުންޏެއް އުފައްދައިފަ އެވެ. އޭގެ ފަހުން ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox